ޝަރީއަތް ނިމެންދެން ޖަލުގައި ހުރި ބިދޭސީއަކު މަރުވެއްޖެ

ޝަރީއަތް ނިމެންދެން ޖަލުގައި ހުރި ބިދޭސީއަކު މަރުވެއްޖެ

Author
އަހުމަދު
12 ޑިސެމްބަރ 2023 09:53
0

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސްވިޓްޒަލެންޑް މީހަކު މާފުށީ ޖަލުގައި މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މަރުވެފައި ވަނީ ޕީޓާ ތޯމަސް ޑަން ނަމަކަށް ކިޔާ 59 އަހަރުގެ މީހެއް ކަމަށެވެ.

ކަރެކްޝަނުން ބުނި ގޮތުގައި އޭނާ މިއަދު ހަވީރު ކުއްލިއަކަށް ހޭނެތިގެން ގޮޅިތެރެއަށް ވެއްޓުމުން ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދީފައެވެ. އޭނާ ހިތް ހުއްޓިގެން މަރުވެފައިވާ ކަމަށް ނިންމާފައި ވަނީ މާފުށީ ހެލްތު ސެންޓަރަށް ގެންގޮސް ބެލުމަށް ފަހު، ހަވީރު 4:00 ޖަހާކަށް ހާއިރު ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން ބުނީ އޭނާ މަރުވުމާ ގުޅިގެން އެ އިދާރާ އިން ވަގުތުން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުން އަދި އެޗްއާރުސީއެމާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އެކަން އަންގާފައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.