ސަމަންތާ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް

ސަމަންތާ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް

Author
ފާތިމަތު ނާވީ
15 ޑިސެމްބަރ 2023 07:30
0

ސައުތުގެ ތީރި އަދި ކާމިޔާބު ބަތަލާ ސަމަންތާ ރޫތު ޕްރަބޫ، އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފި އެވެ.

ސޯޝަލް މީޑިއާގައި އޭނަ އިއްޔެ އާންމުކުރި ޕޯސްޓެއްގައި ބުނީ ޕްރޮޑަކްޝަން ހައުސްގެ ނަމަކީ ޓްރަލާލާ މޫވިން ޕިކްޗާސް ކަމަށާއި މީގެ ދަށުން އާ މީހުންނަށް ފުރުސަތު ދީ މުޖުތަމައާ ގުޅޭ ވާހަކަތައް ކިޔައިދޭން ފުރުސަތު ފަހިކޮށް ދޭނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

ސަމަންތާ އަކީ ސައުތުގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާއެކެވެ. ސަމަންތާ އާންމުކޮށް ކުޅެނީ ތެލެގޫ އަދި ތަމަޅަ ފިލްމުތައް ނަމަވެސް އޭނަގެ އަތުގައި ހިންދީ ޕްރޮޖެކްޓް ތަކުން ވެސް ފެނިފައިއެވެ.

އެގޮތުން އޭނާގެ ކުރިއަށް އޮތް ހިންދީ ޕްރޮޖެކްޓަކީ "ސިޓަޑެލް"އެވެ. ރާޖް އެންޑް ޑީކޭ ޑައިރެކްޓްކޮށް އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދޭން އުޅޭ ވެބް ސީރީޒް އިން ސަމަންތާ އާއި އެކުގައި ފެނިގެންދާނީ ވަރުން ދަވަން އެވެ. މީގެ އިތުރުން ރާޖް އެންޑް ޑީކޭ ސީރީޒް" ފެމިލީ މޭން" ގައި ވެސް ސަމަންތާ މަސައްކަތްކޮށްފައިވެ އެވެ.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

 

ސަމަންތާގެ ފިލްމަކަށް އެންމެ ފަހުން ނުކުތީ މިދިޔަ ސެޕްޓެމްބަރު މަހު އެކެއްގައި ނުކުތް ތެލުގޫ ފިލްމު "ހުޝީ" އެވެ. އެ ފިލްމަށް ފަހު އޭނާ ވަނީ ބަލިވެ އުޅޭތީ ފިލްމު ކުޅުމުން ބްރޭކެއް ނަގައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.