"ކާންޓާ ލަގާ" ލަވައިން އާންމުންގެ ބޮޑު ސަމާލު ކަމެއް ހޯދި ޝެފާލީ ޖަރީވާލާ އަލަށް ޓީވީ ސިލްސިލާއަކުން ބެލުންތެރިންނާއި ބައްދަލު ކުރުމަށް ތައްޔާރުވެއްޖެއެވެ. މީގެ 21 އަހަރު ކުރިން ގެނެސްދިން "ކާއްޓާ ލަގާ" އަކީ މިއަދުވެސް ވަރަށް ގިނަ ބަޔަކަށް މަގުބޫލު ލަވައެކެވެ.
މިއާ ބެހޭ ގޮތުން ޝެފާލީ ބުނީ އަލަށް ޓީވީ ސިލްސިލާއަކަށް އެއްބަސްވީ އޭނަ ދެކެމުން އައި ގޮތް ތަފާތު ވީމައި ކަމަށެވެ. އޭނާ ބުނީ ކުރިއާ ހިލާފަށް މިހާރު ފަންނާނުންނަށް މިދާއިރާއިން ބޮޑު ކުރިއެރުމެއް ގެނެސްދޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
މިހާރު އުމުރުން 41 އަހަރުގެ ބަތަލާގެ ފުރަތަމަ ސިލްސިލާ އަކީ ސްޓާ ބާރަތު އިން ގެނެސްދޭން ހަމަޖެހިފައިވާ "ޝައިތާނީ ރަސްމޭ" އެވެ. ޝެފާލީ ބުނީ އަލަށް ޓީވީ ސިލްސިލާއަކަށް އެއްބަސްވީ ޝައުގުވެރި ވާހަކައަކަށްވެފައި، ކުޅެން ލިބުނު ރޯލާ މެދު ހިތްހަމަޖެހުނުލެއް ބޮޑުކަމުން ކަމަށެވެ.
ޝެފާލީ ވަނީ ޑްރާމާ ސިލްސިލާ އަކުން ނުފެނުން ކަމުގައި ވިޔަސް ބައެއް ރިއަލިޓީ ޝޯވ ތަކުގައި ވާދަކޮށްފައިއެވެ. އެގޮތުން އޭނާ ވަނީ "ބިގް ބޮސް 13″ ގައި ވާދަކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ