އަމީޝާ ދެން ކުޅޭނީ ފުލުހެއްގެ ރޯލު

އަމީޝާ ދެން ކުޅޭނީ ފުލުހެއްގެ ރޯލު

Author
ފާތިމަތު ނާވީ
13 ޑިސެމްބަރ 2023 06:18
0

ކުރީގެ މަޝްހޫރު ބަތަލާ އަމީޝާ ޕަޓޭލް ދެން ފެނިގެންދާނީ ފުލުހެއްގެ ރޯލުން ކަމަށް ހަބަރުތަށް ބުނެފިއެވެ.

މި ފިލްމް ކުޅުމަށް މިހާރު ބަތަލާ ވަނީ ސޮއިކޮށްފައިއެވެ. މި އަހަރު ރިލީޒްކުރި "ގަދަރު 2″ ގެ ބޮޑު ކާމިޔާބީ އަށް ފަހު އޭގެ ލީޑުން ފެނިގެންދިއަ އަމީޝާ އާއި ސަނީ އަށް އަންނަނީ ފިލްމް ގެ އޮފާތަށް އޮހެމުންނެވެ.

ދުވަސް ގަނޑަކަށް ފަހު އެމީހުންގެ ފިލްމް އެއް ރިލީޒް ކުރުމާއި އެކުގައި ފިލްމް ވަނީ ބޮޑު ކާމިޔާބެއް ހޯދައިފައިއެވެ. މިއަހަރުގެ އެންމެ ކާމިޔާބު ފިލްމް ތަކުގެ ލިސްޓުން އެ ފިލްމް ވަނީ ޖާގަ ހޯދައިފައިއެވެ.

 

View this post on Instagram

 

A post shared by Ameesha Patel (@ameeshapatel9)

އަމީޝާ ސޮއި ކުރި ފިލްމަކީ އަލަށް ފިލްމެއް ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރާ އަޖޭ ޝަރުމާގެ "ހަޓަކު" ކަމަށާއި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ރާޖަސްތާންގައި ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ނޫސްތަކުން ބުނާގޮތުގައި މީގެ މަސައްކަތް ރާވާފައި އޮތީ ޝޫޓިނ ފަށާ ގޮތަށް އެއްވާނެއްގައި ކުރިއަށް ގެންގޮސް، އެއް ޝެޑިއުލުން މުޅި ފިލްމުގެ ޝޫޓިން ނިންމާލާ ގޮތަށެވެ.

"ހަޓަކް" ވެގެންދާނީ ފިލްމެއްގައި އަމީޝާ ފުލުހެއްގެ ރޯލު ކުޅޭ ފުރަތަމަ ފަހަރަށެވެ. އެހެން ކަމުން މި ފިލްްމް އަކީ އޭނާ އަށް ވަރަށް ހާއްސަ ފިލްމް އަކަށް ވެގެންދާނެ އެވެ.

 

View this post on Instagram

 

A post shared by Dabboo Ratnani (@dabbooratnani)

ފިލްމު "ކަހޯ ނާ…ޕިޔާރު ހޭ" އިން 2000 ވަނަ ބޮލީވުޑަށް ނުކުތް މިހާރު 48 އަހަރުގެ އަމީޝާ އަކީ ވަރަށް މަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.