ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްލާމާއިލް ޕީޕީއެމް ޕީއެންސީގެ ވިލިމާލެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
މުހައްމަދު އިސްމައިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލެސިޓީ ވިލިމާލެ ދާއިރާއަށް ވާދަ ކުރުމަށް އޭނާ ނިންމައިފައިވާ ކަމުގައެވެ. އަދި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު އޭނާއަށް ދެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާާއެކު އެދޭކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މުހައްމަދު އިސްމާއިލްއަކީ ރައީސް ސާލިހުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރި ވެފައިވާ ފަރާތެކެވެ. އަދި އޭނާވަނީ މަގުމަތީ ހަރަކާތްތަކުން ހައްޔަރުކޮށް އެތައްފަހަރަކު ޖަލަށްވެސް ލެވިފައެވެ.
ކޮމެންޓު ފޮނުވާ