ދޮންވާން ސާޖަރީއެއް ނުހަދަން: ކާޖޮލް

ދޮންވާން ސާޖަރީއެއް ނުހަދަން: ކާޖޮލް

Author
ފާތިމަތު ނާވީ
12 ޑިސެމްބަރ 2023 11:03
0

ދޮންވާން އެއްވެސް ކަހަލަ ސާޖަރީއެއް ނުހަދާކަމަށް ކާމިޔާބު ބަތަލާ ކާޖޮލް އަނެއްކައިވެސް ބުނެފިއެވެ.

މީގެ ކުރިންވެސް އޭނާ ދޮންވާން ސާޖަރީ ހަދާކަމަށް ބުނާ އަޑުތަށް ދޭތެރެ ދޭތެރެއިން ގަދަވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެކަމާއި އޭނާ އިންކާރު ކުރެއެވެ. މީގެ ކުރިންވެސް އެތަށް ފަހަރެއްގެ މަތިން އެއްވެސް ސާޖަރީއެއް ނުހަދާކަމަށް ކާޖޮލް ވަނީ ބުނެފައިއެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ބުނީ އޭނާގެ ހަމުގެ ކުލައިގެ  ސަބަބުން ގިނަ ފުރުސަތުތަކެއް ގެއްލިފައިވާ ކަމަށާއި ގިނަ ބައެއްގެ ފުރައްސާރަ ވެސް އަމާޒުވި ކަމަށެވެ. އެއީ މީގެ ކުރިން އޭނާގެ ހަމުގެ ކުލަ ކަޅުވުމުން ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

މީގެ އިތުރުން ކާޖޮލް ވަނީ ހަމުގެ ކުލަ އަލިކުރަން އޭނާ ސާޖަރީ ހެދިކަމަށް ކުރެވޭ ތުހުމަތުތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ހަޔާތުގައި ވެސް އެފަދަ ކަމެއް ނުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ހަމުގެ ކުލައަށް އައި ބަދަލާ ބެހޭގޮތުން ވާހަކަ ދައްކަމުން ކާޖޮލް ބުނީ އެއީ އިރުގެ އައްޔަށް ނުނުކުމެ ހުރުމުން އައި ބަދަލެއް ކަމަށާއި އެކަމުގައި ސާޖަރީގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ. އެއީ މީގެ ކުރިންވެސް ކާޖޮލް ދެމުން އައި ޖަވާބެއެވެ. އޭނާ ބުނީ ކުރިން ޝޫޓިން ތަކުގައި އަބަދު އަވީގައި އުޅޭތީ ޓޭން ވެފައި ހުރީ ކަމަށެވެ.

ކާޖޮލްގެ އިތުރުން މީގެ ކުރިން އޭނާގެ އަންހެން ދަރިފުޅު ނިސާއަށް ވެސް ކުލަ އިގެ ސަބަބުން މަލާމާތާއި ފުރައްސާރަ ވަނީ ކުރިމަތިވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.