ސަލްމާން އަނެއްކައިވެސް ސެކިއުރިޓީ ވަރުގަދަ ކޮށްފި

ސަލްމާން އަނެއްކައިވެސް ސެކިއުރިޓީ ވަރުގަދަ ކޮށްފި

Author
ފާތިމަތު ނާވީ
11 ޑިސެމްބަރ 2023 06:13
0

ފާއިތުވި ހަފްތާގައި ލިބުނު އިންޒާރާއި އެކުގައި އަނެއްކައިވެސް ސަލްމާން ހާން އޭނާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.

މިއަހަރުގެ ތެރޭގައި އޭނާ އަށް ވަނީ މަރުގެ އިންޒާރު ތަކެއް ލިބިފައިއެވެ. ދޭތެރެ ދޭތެރެއިން ލިބެމުން އަންނަ އިންޒާރާއި އެކުގައި ކޮންމެ ފަހަރަކުވެސް އޭނާ ސިކިއުރިޓީ ވަރުގަދަކުރެއެވެ.

މިހާރުވެސް ވަރުގަދަ ސެކިއުރިޓީ އަކާއި އެކުގައި ސަލްމާން އުޅެމުން އަންނަ އިރުގައި މިދިއަ ހަފްތާގެ އިންޒާރާއި އެކުގައި އޭނާ މިވަނީ އަނެއްކައިވެސް ހަށިރައްކަލަށް ތިބި މީހުން އިތުރުކޮށް ސަފުތަށް ވަރުގަދަ ކޮށްފައިއެވެ.

ފުލުހުން ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި މިވަނީ ސަލްމާންއަށް ސަޕޯޓުކޮށް ޕަންޖާބީ އެކްޓަރެއް ކަމަށްވާ ގިޕީ ގަރެވާލް ވާހަކަ ދެއްކުމުން އޭނާގެ ގެއަށް ހަމަލާ ދިނުމުންނެވެ.

ސަލްމާން އަށް މަރުގެ އިންޒާރު ދެމުން އަންނަނީ މުމްބާއީގައި ހަރަކާތްތެރިވާ ގޭންގްސްޓާރެއް ކަމަށްވާ ލޮރެންސް ބިޝްނޮއީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.