ޔަޝް ގެ ކުރިއަށް އޮތީ "ޓޮކްސިކް"

ޔަޝް ގެ ކުރިއަށް އޮތީ "ޓޮކްސިކް"

Author
ފާތިމަތު ނާވީ
11 ޑިސެމްބަރ 2023 08:19
0

"ކޭޖީއެފް" އިން ބޮޑު މަގުބޫލު ކަމެއް ހޯދި  އިންޑިއާގެ ކަންނާޑާ އެކްޓަރު ޔާޝްގެ އާ ފިލްމު އިއުލާންކޮށްފި އެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލި ކުރު ވީޑީއޯ ކޮޅަކުން އޭނާގެ ކުރިއަށް އޮތް ފިލްމް އިއުލާން ކުރި އިރުގައި ފިލްމްގެ ނަަންވެސް ވަނީ އިއުލާން ކޮށްފައިއެވެ. އެގޮތުން އޭނާގެ ކުރިއަށް އޮތް ފިލްމް ގެ ނަމަކީ "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އެވެ.

 

View this post on Instagram

 

A post shared by Yash (@thenameisyash)

ކޭވީއެން ޕްރޮޑަކްޝަނުން ގެނެސްދޭ މި ފިލްމަކީ ކާމިޔާބު އެކްޓަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އެއްޗެކެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ޓޮކްސިކް" ގެ ޑައިރެކްޓަރަކީ ގީތޫ މޯހަންދާސް އެވެ.

ފިލްމު ރަސްމީކޮށް އިއުލާންކުރި ނަމަވެސް މިއާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދިއެއް ނެތެވެ. މީގެ ކާސްޓާއި ބެހޭގޮތުންވެސް މައުލޫމާތެއް އަދި ހިއްސާ ކޮށްފައިއެއް ނުވެއެވެ.

ޔާޝްގެ ވިދުން ގަދަކޮށްދިން "ކޭޖީއެފް: ޗެޕްޓާ 1″ 2018 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި ގެނެސްދިނީ މިދިޔަ އަހަރު އެވެ. މި ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ދެ ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.