ރައީސް މުޢިއްޒުގެ ކޮއްކޯފުޅު މަޖިލީހަށް ވާދަކުރައްވަނީ

ރައީސް މުޢިއްޒުގެ ކޮއްކޯފުޅު މަޖިލީހަށް ވާދަކުރައްވަނީ

Author
އައިޝަތު އަޙްމަދު
11 ޑިސެމްބަރ 2023 12:53
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮއްކޯފުޅު ފާޠިމަތު ސަޢުދާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް، ނިންމަވައި، ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީއަށް ފޯމު ހުށައަޅުއްވައިފިއެވެ.

އެކަމަނާ ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ފ. ނިލަންދޫ ދާއިރާއަށެވެ.

ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފަފައިވާ ސަޢުދާއަކީ ރައީސް ޑރ. މުޢިއްޒުގެ އެއްބަނޑު ކޮއްކޯފުޅެވެ.

ޕާޓީގެ ޓިކެޓު ހޯއްދެވުމަށް ހުށައެޅުއްވި ފޯމާ ހަވާލުވެވަޑައިގަތީ، ރައީސް މުޢިއްޒުގެ ޚާއްޞަ މުޝީރު އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.