އޭނާ އެއީ އެއްވެސް އިރެއްގައި ޕާޓީ ކުރި މީހެއް ނޫން ކަމަށް ސްޕަސްޓާރު ސަލްމާން ހާން ބުނެފިއެވެ.
ސަލްމާން ބުނީ ޕާޓީ ކުރުމަށްވުރެ އޭނާގެ ފޯކަސް އަބަދު ވެސް ބަހައްޓަނީ މަސައްކަތަށް ކަމަށެވެ. އޭނާ ބޭރު ތެރެއިންވެސް ވަރަށް ނުފެންނާނެ ކަމަށާއި ގިނައިން އުޅެވެނީ ވެސް މަސައްކަތުގައި ކަމަށް އޭނާ ވަނީބުނެފައިއެވެ.
ސަލްމާން އިތުރަށް ބުނީ ޕާޓީ ތަކަކީ މީހުން އެކަކު އަނެއްކެއްގެ ވާހަކަ ދައްކާ ހާއްޔެއް ކަމަށް އޭނާ އަށް ގަބޫލު ކުރެވޭ ކަމަށާއި އެއީ ވެސް ޕާޓީ ތަކަށް ދާން ބޭނުން ނުވާ އެއް ސަބަބު ކަމަށެވެ. އޭނާ އަކީ މީހުންގެ ވާހަކަ އެއްވެސް ވަރަކަށް ދައްކާ ހިތްވާ އަދި އެކަހަލަ ވާހަކަތަށް އަޑުއަހަން ބޭނުންވާ މީހެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ އެކްޓަރު ބުނި ގޮތުގައި އޭނާ އަކީ ފިލްމް ކުޅުމުގެ އިތުރުން ތަފާތު ވިޔަފާރީ ތަށް ވެސް ކުރާ މީހެއްކަމަށާއި އެފަދަ މަސައްކަތަކީ ވަރަށް ގިނަ މީޓީންގ ތަށް ވެސް ކުރިއަށް ގެންދަން ޖެހޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް އޭނާ ވީހާވެސް ބޮޑަށް ބޭރަށް ނުގޮސް ވޭތޯ މަސައްކަތް ކުރާ ކަމަށް ބުނެއެވެ. އަދި މީޓީންގ ތަށް ގިނައިން ކުރިއަށް ގެންދަނީ ގޭގައި ކަމަށްވެސް ބުނެފައިވެއެވެ.
ސަލްމާން ދެން އެންމެ އަވަހަށް ޝޫޓިން ފަށަން އޮތް ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން ތައްޔާރީތައް ވަމުން އަންނަ ވަތަނީ ފިލްމު "ދަ ބުލް" އެވެ. އޭނާ އެންމެ ފަހުން ފެނިގެންދިއައީ "ޓައިގާ3″ އިންނެވެ.