ފްރެޑްރިކްސް މަރުވެއްޖެ

ފްރެޑްރިކްސް މަރުވެއްޖެ

Author
ފާތިމަތު ނާވީ
09 ޑިސެމްބަރ 2023 08:02
0

ދިނޭޝް ފަންޑްނީސްގެ ހާލު ދެރަވެގެން ފަރުވާދެމުން އަންނަނިކޮށް މަރުވެއްޖެ އެވެ.

ގިނަ ބަޔަކަށް ކަމުދިއަ ސޮނީ ޓީވީގެ "ސީއައިޑީ"ގައި ފްރެޑްރިކްސްގެ ރޯލު ކުޅުނު އެކްޓަރު މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ކުރަމުން ދަނިކޮންނެވެ. އޭނާ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މި މަހުގެ 1 ވަނަ ދުވަހުގައިއެވެ.

އުމުރުން 57 އަހަރުގެ ދިނޭޝް އަށް ފަރުވާދެމުން ދިއައީ ބޮންބޭގެ ޓުންގާ ހޮސްޕިޓަލުގަ އެވެ. އޭނާ އަށް ފަރުވާ ދެމުން ގެންގޮސްފައިވަނީ ވެންޓިލޭޓަރުގައިއެވެ. ދިނޭޝް މަރުވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގައިއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

 

"ސީއައިޑީ" ގެނެސްދޭން ފެށީ 1998 ވަނަ އަހަރުގަ އެވެ. ދިނޭޝް ވަނީ އެ ސީރީޒް ފެށުނީއްސުރެ ފްރެޑްރިކްގެ ރޯލު ކުޅެފަ އެވެ. އެ ސީރީޒް އެއްކޮށް ނިންމާލީ  2018 ވަނަ އަހަރުގަ އެވެ. އޭރު އެ ޝޮވ ގެ 1،500 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.