"ދި އާޗީސް" މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެ

"ދި އާޗީސް" މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެ

Author
ފާތިމަތު ނާވީ
09 ޑިސެމްބަރ 2023 08:16
0

ގިނަ ސްޓާ ކިޑުން ތަކެއް ފެނިގެންދާ ފިލްމް "ދި އާޗީސް" މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެއެވެ.

އިއްޔެ ވަނީ އެ ފިލްމް ނެޓްފްލިކްސް ގައި ޕްރިމިއާ ކޮށްފައިއެވެ. ވަރަށް އުންމީދީ ތަރިންތަކެއް ބޮލީވުޑްއަށް ލިބިގެން ދާނެ ކަމަށް ބެލެވޭ މި ފިލްމް ގެ ޕްރިމިއާ ގައި އެކުދިން ގެ ސަޕޯޓްގައި ވަނީ މުޅި ބޮލީވުޑް ފިލްްމް ޕްރިމިއާ އަށް ޖަމާވެފައިއެވެ.

މި ފިލްމް އިން ޝާހުރުކް ހާންގެ ދޮށީ އަންހެން ދަރިފުޅު ސުހާނާ ހާންއާއި، ބަތަލާ ސްރީދޭވީ އަދި ޖާންވީ ކަޕޫރު ގެ ކޮއްކޮ ހުޝީ ކަޕޫރުގެ އިތުރުން އަމިތާބް ބަަޗަން ގެ ކާފަދަރިފުޅޫ އަގަސްތިޔާ ނަންދާ ބޮލީވުޑްއަށް ތައާރަފް ވާނެއެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ޒޯޔާ އަހުތަރު ޑައިރެކްޓް ކުރި "ދި އާޗީސް" އަކީ ހުޅަނގުގެ ކޮމިކް ވާހަކަ އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. އޭގެ ޓްރެއިލާ ދައްކައިލީ ނެޓްފްލިކްސް އިން މި އަހަރު ގެނެސްދޭން ހުރި އުފެއްދުންތަކެއް ދައްކައިލަން ބްރެޒިލްގައި ބޭއްވި ކުލަގަދަ "ޓުޑުމް" އިވެންޓްގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.