ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް، ފުވައްމުލަކަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަސްލަމް ފޯމް ހުށައަޅައިފިއެވެ.
އަސްލަމްގެ ފޯމާ ހަވާލުވެފައިވަނީ ޕީއެންސީގެ ޗެއަރމަން އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްއެވެ. އަސްލަމް ވާދަކުރައްވަނީ ކިނބިދޫ ދާއިރާގެ ޕްރައިމަރީގައެވެ.
މިއަދު، ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވަމުން އަސްލަމްވަނީ ކިނބިދޫ ދާއިރާއިން ޕީއެންސީއާ ގުޅުނު 500 އަށްވުރެ ގިނަ މީހުންގެ ފޯމު ޕީއެންސީގެ ޗެއަރމަންއާއި ހަވާލު ކުރައްވާފައެވެ. ފޯމުތައް ހަވާލުކުރުމަށް ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަސްލަމްއަށް ތާއީދުކުރާ ދާއިރާގެ ބައެއް ރައްޔިތުންވެސް ވަނީ ބައިވެރި ވެފައެވެ.
އަސްލަމްއަކީ ކިބިދޫ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ގުޅުން ބާއްވާ، އަދި ދާއިރާއަށް ފަރިތަ، ގިނަ ބައެއްގެ ތާއީދު އޮންނަ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

މަޖިލިހުގެ ޕީޕީއެމް/ޕިއެންސީގެ ޕްރައިމަރީގައި ކިނބިދޫ ދާއިރާއަށް ވާދަކުރަން ނިންމާފައިވާކަން ފާއިތުވި ނޮވެމްބަރުމަހު އިއުލާން ކުރައްވަމުން ކުރެއްވި ޕޯސްޓެއްގައި އަސްލަމް ވިދާޅުވެފައިވަނީ ތ. ކިނބިދޫ ދާއިރާ ރައްޔިތުންގެ މަޖުލީހުގެ ޕީޕީއެމް/ޕީއެންސީ ޓިކެޓަށް ވާދަކުރައްވަން އޭނޭ ނިއްމެވީ އެދާއިރާ ރަށްތަކުގެ ފޮނި އުއްމީދުތަކާއި ހުވަފެންތައް މިސަރުކާރާ ގުޅިގެން ހަޤީގަތައް ހަދައި ދެވޭނެކަމުގެ ފުރިހަމަ ޔަޤީން ކަމާއި ފުރިހަމަ އިތުބާރު އޮތަތީވެ ކަމުގައެވެ.
އަދި އޭނާ ވިދާޅުވެފައިވަނީ އޭނާއަކީ އަމަލީ މަސައްކަތުގެ ތަރުޖިބާއި ފަންނު ހުރިމީ މީހަކައްވާތީވެ، އަބަދުވެސް އޭނާ އިސްކުރާނީ ގައުމުގެ މަސްލަހަތު ކަމަށާއި، އިއްވާނީ ދާއިރާ ރައްޔިތުންގެ އަޑު ކަމަށެވެ. އަދި އޭނާ އަބަދުވެސް ދެމިހުންނާނީ ދާއިރާގެ ރައްޔިތުންނާ އެކީކަމަށް ވިދާޅުވަމުން އޭނާވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދެއްވުމަށް ދާއިރާގެ ރައްޔިތުންގެ ކިބައި އެދިފައެވެ.

އަސްލަމްއަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ވަރަށް އިސްދައުރެއް އަދާކޮށްފައިވާ ފަރާތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޕީޕީއެެމް/ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 23 ވާ ހޮނިހިރު ދުވަހު 10:00 އިން 16:00 އަށެވެ.
ކޮމެންޓު ފޮނުވާ