ޖޭއެސްސީ އަށް ވަކީލުންގެ ފަރާތުން އައްޔަންކުރާ މެމްބަރަކަށް އަލީ އަބުދުއްލަލަތީފް އިންތިޚާބު ކޮށްފި

ޖޭއެސްސީ އަށް ވަކީލުންގެ ފަރާތުން އައްޔަންކުރާ މެމްބަރަކަށް އަލީ އަބުދުއްލަލަތީފް އިންތިޚާބު ކޮށްފި

ގުޅުންހުރި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކުންގެ ފަރާތުން އައްޔަން ކުރާ މެމްބަރަކަށް ގއ. ވިލިނގިލި، ބީޗްހައުސް، އަލީ އަބްދުއްލަތީފް ހޮވި ވަޑައިގެންފިއެވެ.

އޭނާ މިމަގާމަށް ހޮވިފައިވަނީ ފަހި ވޯޓު މެދުވެރިކޮށް ނެގި ވޯޓުން 275 ހޯއްދަވައިގެންނެވެ. ޖުމްލަ 443 ވަކީލުން ވޯޓު ލީ މި އިންތިޚާބުގައި އޭނާއާ ދެކޮޅަށް ވޯޓު ލާފައިވަނީ 168 ވަކީލުންނެވެ.

ޖޭއެސްސީއަށް ވަކޫލުން ތަމްސީލުކުރާ ވަކީލަކު އައްޔަން ކޮށްފައި މިވަނީ އެ ކޮމިޝަނުގައި އެ މަގާމުގައި ހުންނެވި އަބްދުލް މާނިއު ހުސައިން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އޭނާ އައްޔަން ކޮށްފައިވަނީ ހައި ކޯޓަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ