ޝޫޓިންގެ ތެރެއިން އަޖޭއަށް އަނިޔާވެއްޖެ

ޝޫޓިންގެ ތެރެއިން އަޖޭއަށް އަނިޔާވެއްޖެ

Author
ފާތިމަތު ނާވީ
07 ޑިސެމްބަރ 2023 07:34
0

މިހާރު ކުރިއަށް ދާ "ސިންގަމް އެގެއިން" ގެ ޝޫޓިންގެ ތެރެއިން އަޖޭއަށް އަނިޔާވެއްޖެއެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ އެކްޝަން ސީނެއް ކުޅެނިކޮށް އަނިޔާވެފައިވަނީ އަޖޭގެ ލޮލަށެވެ. މީގެ ކުރިންވެސް ޝޫޓިންގެ ތެރެއިން މިފަދަ އެކްޝަން މަންޒަރުތަށް ކުޅުމުގެ ތެރޭގައި އޭނާ ވަނީ އެކިވަރުގެ އަނިޔާ ވެފައިއެވެ.

ނަމަވެސް މި ހާދިސާ ގައި އޭނާ އަށް މާބޮޑު އަނިޔާއެއް ނުވާކަމަށް ވެއެވެ.އަދި ހަމަ އެ ވަގުތު އޭނާއަށް ޑޮކްޓަރުން ފަރުވާ ދިން ކަމަށާއި ކުޑަ ބްރޭކެއް ނެގުމަށްފަހު މާގިނަ އިރުތަކެއް ނުވަނީސް އަޖޭ ފިލްމުގެ ޝޫޓިންގައި ބައިވެރިވެފަ އެވެ.

މި ފިލްމް އަކީ ގިނަ ތަރިންތަކެއް ފެނިގެންދާނެ ފިލްމްއެކެވެ. އަދި މި ފިލްމްގައި ފުލުހުންގެ ރޯލުން ގިނަ ތަރިން ފެނިގެންދާނެ ކަމަށްވެއެވެ. "ސިންގަމް އެގެއިން" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ފަސް ވަނަ ފިލްމެވެ.

މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯން، ޓައިގާ ޝްރޮފްގެ އިތުރުން ކޮޕް ޔުނިވާސް އަށް ނިސްބަތްވާ އަނެއް ދެ ކެރެކްޓާ ކަމަށްވާ "ސިމްބާ" ގެ ކެރެކްޓާ ކުޅުނު ރަންވީރު ސިންގް އާއި "ސޫރިއަވަންޝީ" ގެ ރޯލު ކުޅުނު އަކްޝާ ކުމާރު ވެސް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.