"އޯރޯ މޭ ކަހާ ދަމް ތާ" ރިލީޒް ކުރާ ތާރީހު އިއުލާން ކޮށްފި

"އޯރޯ މޭ ކަހާ ދަމް ތާ" ރިލީޒް ކުރާ ތާރީހު އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
08 ޑިސެމްބަރ 2023 07:17
0

ބޮލީވުޑްގެ ވަރަށް ގާތް ދެރަހުމަތެރިން ކަމުގައިވާ އަޖޭ ދޭވްގަން އާއި ތާބޫ އެކުގައި ފެނިގެންދާ ފިލްމް "އޯރޯ މޭ ކަހާ ދަމް ތާ" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އެޕްރީލް ގައި ކަމަށެވެ. މި ފިލްމް ގެ ޓައިޓަލް ޕޯސްޓަރާއި އެކުގައި ވަނީ މި ފިލްްމ ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފައިއެވެ.

ސްޕެޝަލް 26 އަދި އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ ފަދަ ފިލްމުތައް ގެެނެސްދީފައިވާ ނީރަޖް ޕާންޑޭ ޑައިރެކްޓްކުރާ 6 ވަނަ ފިލްމަށް މި ފިލްމް ވެގެން ދާނެއެވެ. މި ފިލްމް ގައި މިދެތަރިން އެކުގައ ފެނިގެންދާނީ ވަރަށް ތަފާު ގޮތަކަށެވެ.

ފިލްމަކީ "އާރްއާރްއާރް" ގެ ލަވަ "ނާތު ނާތު" އިން މި އަހަރުގެ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑް ހޯދި މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރަވާނީ މިއުޒިކް ހަދާ، ފިލްމްއެކެވެ. މި ފިލްމް އަކީ މިއުޒިކަލް ލަވް ސްޓޯރީއެކެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އެޕްރީލް 26 ގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.