މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީ އަށް ނަޝީދު

މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީ އަށް ނަޝީދު

Author
އަހުމަދު
06 ޑިސެމްބަރ 2023 02:26
0

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީ އަށް މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، މަޖިލީހުގެ ކޮމިޓިތަކަށް އައިސްފައިވާ ބަދަލުތައް އިއުލާން ކުރައްވައިފައެވެ. އެ ބަދަލުތަކަކީ ދަ ޑިމޮކްރެޓްސް އިން ގެންނަން ބޭނުންވާ ބަދަލުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީ އަށް ހަމަޖެއްސީ މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގެ ބަދަލުގައެވެ. އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ބަދަލުގައި ބޮންޑެ ވަނީ އިޖުތިމާއީ ކޮމިޓީ އަށް ހަމަޖައްސައިފައެވެ.

މިއީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު މަޖިލިހުގެ ރައީސް ކަން ކުރެއްވި ނަޝީދު މަޖިލިހުގެ ކޮމިޓީއަކަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. މަޖިލިހުގެ ރައީސް އާއި ނައިބު ރައީސުންނަކީ މަޖިލިހުގެ ކޮމިޓީތައް ތަމްސީލް ކުރެއްވޭނެ ބޭފުޅުންނެއް ނޫނެވެ.

ނަޝީދު ކޮމިޓީ އަށް އައްޔަން ކުރެއްވި އިރު، އެމަނިކުފާނަކީ ތާރީހާއި ސަގާފަތަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ އެކަމާ ގުޅުން ހުރި ލިޔުންތަކާއި ފޮތްތައް ލިޔުއްވާ ބޭފުޅެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.