"ޑަންކީ" ގެ ޓްރެއިލާ ދައްކާލައިފި

"ޑަންކީ" ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
07 ޑިސެމްބަރ 2023 05:57
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން ގެ ކުރިއަށް އޮތް ފިލްމު "ޑަންކީ" ގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލައިފި އެވެ.

މި ފިލްމް އަކީ ހިޖުރަ ކުރުމާއި ގުޅޭ ގޮތުން ހަދައިފައިވާ ފިލްމްއެކެވެ. މި ފިލްމް އަކީ މިއަހަރު ރިލީޒް ކުރާ ޝާހު ގެ ތިންވަނަ ފިލްމްއެވެ. އަހަރު ފެށީ ޝާހުގެ "ޕަޓާން" ގެ ކާމިޔާބީ އާއި އެކުގައިއެވެ. ދެން ފެނިގެން ދިއައީ "ޖަވާން" އެވެ. މި ފިލްމް ވަނީ "ޕަޓާން" ހޯދި ރެކޯޑް ތަށް މުގުރައިލައިފައިއެވެ.

"ޑަންކީ" އަކީ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދާފައިވާ ސޯޝަލް ކޮމެޑީއެކެވެ. އޭނަ އަކީ "ސަންޖޫ" އާއި "ޕީކޭ" އާއި "3 އިޑިއަޓްސް" އަދި "މުންނާއީބާއީ" ގެނެސްދިން ޑައިރެކްޓަރެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޑަންކީ" ގައި ޝާހްރުކާ އެކީ ބަތަލާގެ ރޯލުން ފެންނާނީ ތާޕްސީ ޕައްނޫ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ވިކީ ކޯޝަލް، ބޮމަން އިރާނީ، ސަތިޝް ޝާހް އަދި ދަރުމެންދުރާ ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.