ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ.ހޯޑެއްދޫ ސްވެން ޢަބްދުﷲ ރަޝީދު މަރުގެ މައްސަލާގައި ފުލުހުންނަށް ދައުވާކުރަން ފޮނުވަން ނެޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) ނިންމައިފިއެވެ.
ގދ.ހޯޑެއްދޫ ސްވެން ޢަބްދުﷲ ރަޝީދު ނިޔާވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނަށްފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޑަވެލި ސިއްޙީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން، އެންއައިސީން ކުރި ތަހުގީގުގައި ފުލުހުންނަށް ކޮށްފައިވަނީ ފަރުވާކުޑަ ކުރުމުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތެވެ.
މިމައްސަލާގައި ގިނަ އަދަދެއްގެ ފުލުހުންގެ ބަޔާން ނަގާފައިވެއެވެ. ނަމަވެސް ދައުވާކުރަން ފޮނުވީ ކިތައް މީހުންގެ މައްޗަށްކަމެއް ސާފެއް ނުވެއެވެ.
މިމައްސަލާގައި އަދިވެސް ރަޝީދުގެ އާއިލާއިން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅު ކުރަމުންނެވެ. އަދި މިހާތަނަށް މިކަމުގެ މައުލޫމާތު އާއިލާއާއި ހިއްސާ ނުކުރާކަމަށްބުނެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
One Response
ހާޓް އެޓޭކެއްޖެހިފައިވާ މީހަކު ސަލާމަތް ކުރަން އެންމެ މުހިތްމު ކަމަކީ ސިއްހީ ފަރުވާ ދިނުން .. އެބަބުނޭ ސިއްހީ މަރުކަޒައް ގެންދިޔަވާހަކަ ތިކަމުގައި ފުލުހުންގެ ކުށެއް ނެތް ކުއްކުރިމީހާގެ އަތުން 80 ކިލޯގެ ޑްރަގް ފެނުން