"ސީއައިޑީ"ގެ ފްރެޑްރިކްސް ވެންޓިލޭޓަރުގައި

"ސީއައިޑީ"ގެ ފްރެޑްރިކްސް ވެންޓިލޭޓަރުގައި

Author
ފާތިމަތު ނާވީ
05 ޑިސެމްބަރ 2023 06:35
0

ގިނަ ބަޔަކަށް ކަމުދިއަ ސޮނީ ޓީވީގެ "ސީއައިޑީ"ގައި ފްރެޑްރިކްސްގެ ރޯލު ކުޅުނު އެކްޓަރު ދިނޭޝް ފަންޑްނީސް އަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ކުރަމުން އެބަދެއެވެ.

އުމުރުން 57 އަހަރުގެ ދިނޭޝް އަށް ފަރުވާދެމުން އަންނަނީ ބޮންބޭގެ ޓުންގާ ހޮސްޕިޓަލުގަ އެވެ. އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް މީޑިއާ އިން ބުނެއެވެ.

ދިނޭޝް އަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދޭން ފެށީ މިދިޔަ ހުކުރު ދުވަހު ކަމަށް މީޑިއާއިން ބުނެއެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެ މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

 

"ސީއައިޑީ" ގެނެސްދޭން ފެށީ 1998 ވަނަ އަހަރުގަ އެވެ. ދިނޭޝް ވަނީ އެ ސީރީޒް ފެށުނީއްސުރެ ފްރެޑްރިކްގެ ރޯލު ކުޅެފަ އެވެ. އެ ސީރީޒް އެއްކޮށް ނިންމާލީ  2018 ވަނަ އަހަރުގަ އެވެ. އޭރު އެ ޝޮވ ގެ 1،500 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.