ސޮނީ ޓިވީގެ ކާމިޔާބު ޝޯވ "ދަ ކަޕިލް ޝަރުމާ ޝޯ" ދޫކޮށްލައިފައި ދިއަ ސުނިލް ގްރޯވާ އެނބުރި ކަޕިލް ނެޓްފްލިކްސް އިން ގެނެސްދޭން އުޅޭ ޝޯއާ ގުޅިއްޖެ އެވެ.
ނެޓްފްލިކްސް އިން ވަނީ އެ ޝޯގެ ޓީޒާއެއް އާންމުކޮށްފަ އެވެ. އެ ޓީޒާގައި ކަޕިލްގެ އިތުރުން އޭނާގެ ކޮމެޑީ ޝޯތަކުގައި ކުރިން މަސައްކަތް ކުރި އެހެން ބައެއް ފަންނާނުން ވެސް ފެނެ އެވެ.
ސުނިލް އެ ޝޯވ އާއި ގުޅުމަކީ ޝޯވ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެކެވެ. އަދި ޝޯވ ގެ ބެލުންތެރިން ވަރަށް އުފާވެސް ވާނެ ކަމެކެވެ. ނެޓްފްލިކްސް އިން ގެނެސްދޭ މި ޝޯ އެންމެ ބޮޑަށް ހާއްސަ ވަނީ މީގައި ކަޕިލްގެ ދުވަސްވީ އެކުވެރިޔާ އަދި އޭނާގެ ޝޯތަކުގައި ކުރިން މަސައްކަތް ކުރި ސުނިލް ގްރޯވާ ވެސް ފެންނާނެތީ އެވެ.
މީގެ ހަ އަހަރު ކުރިން އޮސްޓްރޭލިއާގައި ބޭއްވި "ދަ ކަޕިލް ޝަރްމާ"ގެ ހާއްސަ ޝޯއަކަށް ފަހު އެ ދެމީހުންގެ މެދުގައި ޖެހުނު މައްސަލައެއްގައި ސުނިލް ވަނީ ކަޕިލްގެ ޝޯ ދޫކޮށްލައިފަ އެވެ.
އެއާއި އެކު ދެމީހުން ގެ މެދުގައި އޮތް އެކުވެރިކަން ގެއްލި ހަތުރުން ނަށް ބަދަލުވެ އެކަކު އަނެއްކަކާއި ވާހަކަ ދެއްކުން ވެސް ހުއްޓައިލިއެވެ. އެ މައްސަލަ ބޮޑު ވެ ބޮލީވުޑްގެ ބައެއް ތަރިން އެމީހުން މަސަލަސް ކުރެވޭތޯ އުޅުނުވެސް މެއެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" ސޮނީ ޓީވީން މެދުކަނޑާލީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަދި ކަޕިލް އޭނަގެ ޓީމާ އެކީ ނެޓްފްލިކްސް އަށް އަންނަން އުޅޭކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ކަޕިލްގެ ފުރަތަމަ ކޮމެޑީ ޝޯ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" ގެނެސްދޭން ފެށީ 2013 ވަނަ އަހަރުގަ އެވެ. ކަލާސް ޓީވީން ގެނެސްދިން އެ ޝޯ ހުއްޓާލީ 191 އެޕިސޯޑް ގެނެސްދިނުމަށް ފަހުގައި 2016 ވަނަ އަހަރުގަ އެވެ. އަދި ހަމަ އެ އަހަރު ސޮނީ ޓީވީ ކަޕިލްގެ އާ ޝޯއެއް ގެނެސްދޭން ފެށި އެވެ. އެއީ "ދަ ކަޕިލް ޝަރްމާ ޝޯ" އެވެ. އެ ޝޯގެ ކާމިޔާބު ހަ ސީޒަން ގެނެސްދީ ނިންމާލީ މިދިޔަ ޖުލައި މަހުގަ އެވެ.