"ކޯ ގަޔޭ ހަމް ކަހާ" ވެސް ސިނަމާތަކަށް ނުގެންނަން ނިންމައިފި

"ކޯ ގަޔޭ ހަމް ކަހާ" ވެސް ސިނަމާތަކަށް ނުގެންނަން ނިންމައިފި

Author
ފާތިމަތު ނާވީ
07 ޑިސެމްބަރ 2023 07:36
0

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމުގައިވާ އަނަންނިޔާ ޕާންޑޭ އާއި ސިދާންތު ޗަކްރަވެދީގެ ފިލްމް ފިލްމު "ކޯ ގަޔޭ ހަމް ކަހާ" ވެސް ސިނަމާތަކަށް ނުގެންނަން ނިންމައިފި އެވެ.

ދެތަރިން އެކުގައި ކުޅުނު ދެވަނަ ފިލްމް ސިނަމާ ތަކުގެ ބަދަލުގައި އަޅުވާނީ  ނެޓްފްލިކްސްއިންނެވެ. ނަމަވެސް މިފިލްމް އަދި އަޅުވާ ތާރީހެއް އިއުލާން އެއް ނުކުރެއެވެ. ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓްގެ މި ފިލްމު ސިނަމާގައި ނާޅުވަން ނިންމި ސަބަބެއްވެސް ނޭގެއެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ތިން އެކުވެރިއެއްގެ ވާހަކަ ކިޔައިދޭ "ކޯ ގަޔޭ ހަމް ކަހާ" ގެ ޑައިރެކްޓަރަކީ އަރުޖުން ވަރައިިން ސިންގް އެވެ. އަނަންނިޔާ އާއި ސިދާންތު އިތުރުން މި ފިލްމުގެ ކާސްޓްގައި ޕްރިޔަންކާ ޗޯޕްޅާގެ "ދަ ވައިޓް ޓައިގާ" އިން ސަމާލުކަން ހޯދި ގޯރަވް އަދާޝް ވެސް ހިމެނެ އެވެ.

އަނަންނިޔާ އާއި ސިދާންތު އެކުގައި ފުރަތަމަ ފަހަރަށް ފެނިގެން ދިއައީ ފިލްމް "ގެހެރާއިޔާ" އިންނެވެ. ޝަކުން ބަޓްރާ ޑައިރެކްޓް ކުރި އެފިލްމް އަކީ ދީޕިކާ ޕަދުކޯން އާއި ދައިރިއާ ކަރްވާ ވެސް މުހިންމު ރޯލަކުން ފެނިގެންދިއަ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.