އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ސްރީ ލަންކާގެ 30 އަހަރުގެ އަންހެނެކެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމުގައެވެ. ފުލުހުން އިއްޔެ މައުލޫމާތު ދީފައިވަނީ އެ އަންހެން މީހާ ހައްޔަރު ކޮސްފައިވަނީ ފުރަންގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަމުގައެވެ.
އެނގިފައިވާ ގޮތުގައި ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާއަކީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ ކުއްޖާ ކަޅު ކޮތަޅެއްގެ ތެރޭގައި އޮތް އިރު، ފޫޅު ވެސް ނުކަނޑައެވެ.
ފުލުހުން ކުރިން ބުނީ މި މައްސަލަ އެ އިދާރާ އަށް ރިޕޯޓްކުރީ މިއަދު ހެނދުނު ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އިއްޔެ ވަނީ ދިގުރަށަށް ގޮސްފައެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށް ކޮތަޅުތަކުން ނަގަނިކޮށެވެ.