ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި މެމްބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
ރައީސް މުއިއްޒު ވަނީ ޕީސީބީގެ ބޯޑަށް ފަސް މެންބަރަކު އައްޔަން ކުރައްވައިފައެވެ. އެ ބޯޑުގެ ރައީސަކަށް އައްޔަން ކުރައްވާފައި ވަނީ ހަމްދީ އަގީލްއެވެ.
ޕީސީބީއަށް ރައީސް އައްޔަންކުރެއްވި މެންބަރުން:
- ބޯޑުގެ ރައީސަކަށް: ހަމްދީ އަގީލް
- އެކައުންޓިން އެންޑް ފައިނޭންސް ގެ ދާއިރާއިން: އަޙްމަދު މުޝްތާގު
- ބޭންކިންގެ ދާއިރާއިން: ލީނާ އަބްދުލް ޖަލީލް
- ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: އަލްއުސްތާޒު މޫސާ ފަތުހީ އާދަމް
- އިކޮނޮމިކްސްގެ ދާއިރާ: ހަސަން ޒަރީރު
މި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމެޓީ އަށް މިއަދު ވަނީ ފޮނުވައިފައެވެ.
ޕީސީބީގައި ހަތް މެމްބަރުން ތިއްބަވާ އިރު، އެ ބޯޑުގައި ދައުރު ހަމަނުވެ އިންނެވީ ނައިބު ރައީސް މުހައްމަދު ފިރާޒް އެކަންޏެވެ.
ކޮމެންޓު ފޮނުވާ