ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެފްއެސްއެމްއިން މާލޭގައި ހިންގާ ހުރިހާ ޕެޓްރޯލް ޝެޑެއް ނަމާދު ވަގުތަށް ބަންދު ކުރަން ފަށައިފިއެވެ.
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތައް ނަމާދުވަގުތަށް ބަންދު ކުރަން ފަށާފައި މިވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލު ވުމަށްފަހު ސަރުކާރުގެ އެސްއޯއީތަކުގެ ހިންގުމަށް ބަދަލުތައް ގެނެސް، ކުންފުނިތައް ހިންގުމަށް އާ ވެރިންތަކެއް އައްޔަން ކޮށްފައި ވަނިކޮށެވެ.
އެފްއެސްއެމްގެ އެމްޑީއަކަށް ރައީސް މުއިއްޒު އައްޔަން ކޮށްފައިވަނީ އިސްމާއީލް ސުހައިލްއެވެ. އޭނާއަކީ ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއެސްއެމްގެ އާ މެނޭޖްމަންޓުން ނިންމާފައިވަނީ އެކުންފުނީގެ ހުރިހާ ޕެޓްރޯލް ޝެޑެއްވެސް ކޮންމެ ނަމާދަކަށް 20 މިނިޓަށް ބަންދު ކުރުމަށެވެ.
އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުޏަކަށް ވާއިރު އެ ކުރުންފުނި އުފައްދާފައިވަނީ 20000 ވަނަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ