މީގެ 20 އަހަރު ކުރިން ބޮލީވުޑަށް ތައާރަފުކުރި ފިލްމު "އަންދާޒް" ދެވަނަ ބައެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ބެލުން ތެރިންގެ މެދުގައި ބޮޑު ކާމިޔާބެއް ހޯދި މި ފިލްމް އަކީ ކުރީގެ މިސް ވޯލްޑް ޕްރިޔަންކާ ޗޯޕްޅާ އާއި ކުރީގެ މިސް ޔުނިވާސް ލާރާ ދައްތާ އެކުގައި ފެނިގެންދިއަ ފިލްމްއެކެވެ. ލީޑުން މި ދެތަރިންނާއި އެކުގައި ފެނިގެން ދިއައީ އަކްޝޭ ކުމާރުއެވެ.
މި ފިލްމް ވެސް ގެނެސްދެނީ 2003 ގެ ފިލްމުގެ ޕްރޮޑިއުސަރު ސުނީލް ދަރުޝަންއެވެ. "އަންދާޒް 2″ ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސް ވެސް ކުރަނީ އަމިއްލަ އަށް ކަމަށް ބުނެއެވެ.
އޮރިޖިނަލް ފިލްމާ އެއްގޮތަށް "އަންދާޒް 2″ ގެ ވެސް މިއުޒިކް ހަދާފައި ވަނީ ނަދީމު-ޝަރުވަން ކަމަށް ސުނިލް ބުންޏެވެ. ނަމަވެސް ފިލްމްގެ ކާސްޓް އާއި ބެހޭގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.
ބެލުންތެރިންބެ ބޮޑު ތަރުހީބެއް ލިބުނު ، ރާޖް ކަންވަރު ޑައިރެކްޓްކުރި "އަންދާޒު" ރިލީޒްކުރީ މެއި 23، 2003 ގަ އެވެ. ޖުމްލަ 9.25 ކްރޯޑް ރުޕީސް (1.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 28.81 ކްރޯޑް ރުޕީސް (3.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.