ފަސް ހާހެއްހާ މީހުން ވޯޓުލީ ޑިމޮކްރެޓްސްގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކުރެވި ދިގުލަނީ!

ފަސް ހާހެއްހާ މީހުން ވޯޓުލީ ޑިމޮކްރެޓްސްގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކުރެވި ދިގުލަނީ!

Author
އައިޝަތު އަޙްމަދު
03 ޑިސެމްބަރ 2023 12:09
0

އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކޮށް ދިގުލާން ފަށައިފިއެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ އިއްޔެ ހެނދުނު 10:00އިން ހަވީރު 16:00އާއި ހަމައަށެވެ. މޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 5883 ފަރާތަކަށް ލިބޭކަމަށް އެޕާޓީން ބުނެފައިވެއެވެ. އެ ޢަދަދަށް މީހުން ވޯޓުލީނަމަވެސް އިންތިޚާބުގެ ނަތީޖާ އިއުލާންކުރަން ގިނަ ވަގުތު ނަގަމުން އަންނަކަމުގެ ކަންބޮޑުވުން ޑިމޮކްރެޓްސްގެ މެންބަރުންވެސް އަންނަނީ ފާޅުކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބުކަމަށްވާ ރިޔާސީ އިންތިޚަބުގެ ނަތީޖާވެސް ހަމަ އެދުވަހުގެ ރޭގަނޑު 8ގެ ކުރިން ލިބޭކަމަށް ބައެއް މެންބަރުން ބުންޏެވެ. ނަމަވެސް ފަސް ހާހެއްހާ މީހުން ވޯޓުލީ އިންތިޚާބުގެ ނަތީޖާ ދިގުލައިގެން ދާންވީ ސަބަބެއް ނޭނގޭކަމަށް އެޕާޓީގެ ބައެއް މެންބަރުން ބުނެފައިވެއެވެ.

މިހާތަނަށް އިއުލާންކޮށްފައިވާ ބައެއް ފޮށިތަކުން ވަގުތީ ނަތީޖާ ދައްކާގޮތުން ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ޙަސަން ލަޠީފް ކުރީގައި އުޅުއްވަނީ އަމްރުއަށްވުރެ ސަތޭކައަށްވުރެ ގިނަ ވޯޓާއެކު ކުރީގައެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބުކުރީ ޙަސަން ލަޠީފްކަމަށް އެޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވިއެވެ. ޙަސަން ވަނީ އިންތިޚާބު ކާމިޔާބު ކުރެވިފައިވާކަން އިއުލާންކޮށްފައެވެ. ހަމަ މިއާއެކު އަމްރުވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރެވުނުކަން އިއުލާންކޮށްފައެވެ.

އިންތިހާބުގެ ކަންތައްތައް ދިޔައީ ގޯސްކޮށް ކަމަށާއި ޕާޓީ އޮފީހާއި ހަރުގެ ނަހަމަގޮތުގައި ބޭނުންކޮށްގެން އަމްރުއާއި ދެކޮޅަށް އެންޓި ކެމްޕެއިންކުރިކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް އަމްރު ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކުރަނީ އިންތިޚާބުން މޮޅުވިކަން އިއުލާން ނުކުރަން ހުންނެވީކަމަށްވެސް ވިދާޅުވެފައެވެ. ޑިމޮކްރެޓްސްއިން މަޢުލޫމާތު ދިންގޮތުގައި އެޕާޓީގައި ޖުމްލަ 1043 މަޤާމަށް މީހުން ހޮވާއިރު މީގެ ތެރެއިން 271 މަޤާމަކަށް މީހުންވަނީ އިންތިޚާބުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.