މަޖިލީހަށް ނައިބު ރައީސަކު އިންތިޚާބުކުރާ ޖަލްސާ މިރޭ

މަޖިލީހަށް ނައިބު ރައީސަކު އިންތިޚާބުކުރާ ޖަލްސާ މިރޭ

ރައްޔިތުންގެ މަޖިލީހަށް ނައިބު ރައީސަކު އިންތިޚާބުކުރުމަށް މިރޭ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހަށް ނައިބު ރައީސެއް އައްޔަން ކުރަން ނިންމެވީ، އެމަޤާމުގައި ހުންނެވި އީވާ ޢަބްދުﷲ އިސްތިއުފާދެއްވުމުންނެވެ. އީވާ އިސްތިއުފާދެއްވީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ.

އެމްޑީޕީގެ 49 މެމްބަރަކާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ސޮޔާއެކު މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ގަރާރު ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ. އެ ގަރާރަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ވެސް ވާހަކަ ދެއްކެވީ އީވާއެވެ.

އީވާގެ ވާހަކަ ނިންމަވާލެއްވި ތަނުން، އޭނާ ވަނީ އިސްތިއުފާގެ ސިޓީ މަޖިލިހުގެ އިދާރީ މޭޒާ ހަވާލުކޮށްފައެވެ. އެ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ) ގެ ދަށުން މިއަދުން ފެށިގެން މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި އެކަން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމަށް އަންގަވާ ކަމަށެވެ.

މަޖިލީހަށް ނައިބު ރައީސެއް އިންތިޚާބުކުރުމުގެ ޖަލްސާ މިރޭ 20:30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އީވާ މަޤާމުން އިސްތިއުފާދެއްވާފައިވާއިރު، މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު އިސްތިއުފާދެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ނަޝީދުވެސް އިސްތިއުފާދެއްވީ އިތުބާރުނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *