ޑރ.ރަމީލާ ބޭސްފަރުވާއަށް ވަޑައިގަތުމުން އެގްރިކަލްޗަރ ހިންގުން ޣައްސާނަށް

ޑރ.ރަމީލާ ބޭސްފަރުވާއަށް ވަޑައިގަތުމުން އެގްރިކަލްޗަރ ހިންގުން ޣައްސާނަށް

Author
އައިޝަތު އަޙްމަދު
02 ޑިސެމްބަރ 2023 11:02
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާ ޙަވާލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން މިނިސްޓަރ އޮފް ޑިފެންސް އާ ޙަވާލުކުރައްވާފައި މިވަނީ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ ޢާއިޝަތު ރަމީލާ، 2023 ނޮވެމްބަރު 23 ގައި ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެކަމަނާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެންނެވެ.

ޑރ. ރަމިލާ ރާއްޖެއިން ބޭރަށް ވަޑައިގަތީ ކެސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށެވެ.

ސުބުކް ޕޯސްޓުގައި ރަމީލާ ވިދާޅުވެފައިވަނީ ކެންސަރު ބައްޔަށް އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، ބަލި މިހާރު ހުރީ އެޑްވާނަސް ސްޓޭޖުގައި ކަމުގައެވެ.

އެހެންނަމަވެސް އޭނާ ފަރުވާ ހޯއްދަވަނީ ކޮން ބާވަތެއްގެ ކެންސަރަށް ކަމެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރުމަށް ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން.

މިނިސްޓަރ ރަމީލާގެ ފޭސްބުކު ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒު ރަމީލާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ މިމަހުގެ 17ވަނަ ދުވަހުއެވެ.

ރަމީލާ މީގެކުރިން ވަނީ ހްލެތް މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. މީގެ ކުރިން އޭނާވަނީ އެވިޑް ކޮލެޖްގެ ޑީންކަންވެސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.