"ސަލާރް" އަޅުވާ ދުވަސް އިއުލާން ކޮށްފި

"ސަލާރް" އަޅުވާ ދުވަސް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
03 ޑިސެމްބަރ 2023 07:57
0

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ގޭންގްސްޓާރެއްގެ ރޯލު ކުޅޭ "ސަލާރް: ޕާޓް ވަން" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.

މީގެ ދެދުވަހެއް ކުރިން މި ފިލްމްގެ ތްރެއިލާ ބެލުންތެރިންނަށް ވަނީ ދައްކައިލައިފައިއެވެ. ވަރަށް ތަފާތު ގޮތަކަށް ޕްރަބާސް ފެނިގެންދާނެ ކަމަށް ޕްރޮމޯޓް ކުރާ ފިލްމް ގައި ވަރުގަދަ ތަޅާފޮޅުން ގަނޑު ހިމެނެއެވެ.

ތިން މިނެޓާއި 47 ސިކުންތުގެ ޓްރެއިލާގައި ވަނީ ފިލްމުގެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. "ސަލާރު" ގެ ކާސްޓްގައި ޕްރަބާސް އާއި އެކުގައި ޕްރިތުވީރާޖް ސުކްމަރަން، ޝްރޫތީ ހަސަން، ޓިނޫ އާނަންދު ޖަގަޕަތީ ބާބޫ، ސްރިޔާ ރެޑީ، ރާމަޗަންދުރަ ބާބޫ އަދި މަދޫ ގުރުސްވާމީ ފަދަ ތަރިން ހިމެނެ އެވެ.

"ސަލާރް" އަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ދެކުނު އިންޑިއާގެ ފިލްމެއް ކަމަށްވާ "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ގެނެސްދޭ ފިލްމެކެވެ. މީގެ ދެވަނަ ފިލްމު އޮތީ އިއުލާންކޮށްފަ އެވެ. އެ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށަން އޮތީ ތާވަލުކޮށްފަ އެވެ.

"ސަލާރް: ޕާޓް ވަން" ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ އަންނަ މަހު 22 އިން ފެށިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.