މަލްވިކާ ކައިވެނި ކޮށްފި

މަލްވިކާ ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
02 ޑިސެމްބަރ 2023 04:39
0

ފިލްމު "ކަބީ ހުޝީ ކަބީ ޢަމް" ގައި ކަރީނާ ކަޕޫރް ގެ ކުޑަ އިރުގެ ރޯލު ކުޅުނު ބަތަލާ މަލްވިކާ ރާޖް ކައިވެނި ކޮށްފިއެވެ.

އޭނަ އާއި ލޯބިވެރިޔާ ޕްރަނާވް ބައްގާ ކައިވެނީގެ ފޮޓޯ ތަށް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ. އެމީހުން ކައިވެނި ކޮށްފައި ވަނީ ގޯއާގައި ވަރަށް ކުލަގަދަކޮށް ބޭއްވި ހަފްލާއެއްގައި މިދިއަ ބުރާސްފަތި ދުވަހުގައިއެވެ. މިހާރު އުމުރުން 32 އަހަރުގެ މަލްވިކާގެ ބައިވެރިޔާ އަކީ ވިޔަފާވެރިއެކެވެ.

 

View this post on Instagram

 

A post shared by Malvika Raaj (@malvikaraaj)

މަލްވިކާ ވަނީ 2021 ގައި ރިލީޒްކުރި ފިލްމު "ސްކޮޑް" ގައި ލީޑިން ބަތަލާއެއްގެ ރޯލު ކުޅެފަ އެވެ. އެ ފިލްމުގެ ބަތަލަކީ ކުރީގެ ވަރަށް ގިނަ ފިލްމުތަކުގައި ނުބައިބައި ރޯލު ކުޅެފައިވާ އެކްޓަރު ޑެނީ ޑެންޒޯންގްޕާގެ ދަރިފުޅު ރިންޒިިން ޑެންޒޯންގްޕާ އެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރް 2001 ގައި ގެނެސްދިން "ކަބީ ހުޝީ ޢަމް" އަކީ މާލްވިކާ އާންމުންނަށް އެނގިގެން ދިއަ ފިލްމްއެވެ. އެ ފިލްމް ގައި "ޕޫ" ގެ ކެރެކްޓާ އަކީ މިއަދުވެސް އާންމުގެ މެދުގައި ވަރަށް މަގުބޫލު ކެރެކްޓާ އެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.