"ސަލާރް" ގެ ޓްރެއިލާ ދައްކައިލައިފި

"ސަލާރް" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
02 ޑިސެމްބަރ 2023 08:03
0

ސައުތުގެ މަޝްހޫރު އެކްޓަރު ޕްރަބާސް ފެނިގެންދާ ފިލްމް  "ސަލާރް: ޕާޓް ވަން"ގެ ޓްރެއިލާ ނެރެފި އެވެ.

މި ތިން މިނެޓާއި 47 ސިކުންތުގެ ޓްރެއިލާގައި ވަނީ ފިލްމުގެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. "ސަލާރު" ގެ ކާސްޓްގައި ޕްރަބާސް އާއި އެކުގައި ޕްރިތުވީރާޖް ސުކްމަރަން، ޝްރޫތީ ހަސަން، ޓިނޫ އާނަންދު ޖަގަޕަތީ ބާބޫ، ސްރިޔާ ރެޑީ، ރާމަޗަންދުރަ ބާބޫ އަދި މަދޫ ގުރުސްވާމީ ފަދަ ތަރިން ހިމެނެ އެވެ.

"ސަލާރް" އަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ދެކުނު އިންޑިއާގެ ފިލްމެއް ކަމަށްވާ "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ގެނެސްދޭ ފިލްމެކެވެ. "ކޭޖީއެފް"އެކޭ އެއްގޮތަށް މި ފިލްމުގައި ވެސް ވަރުގަދަ އެކްޝަން މަންޒަރުތައް ހިމެނޭނެ އެވެ.

"ސަލާރް" ގެ ފުރަތަމަ ބައި އަދި ސިނަމާ އަށް ނައި ކަމުގައިވިޔަސް މީގެ ދެވަނަ ބައި މިހާރު ވަނީ އިއުލާން ކޮށްފަިއިއެވެ. މި ފިލްމް އަކީ ވަރަށް ގިނަ ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.