ހަމާސް ޖަމާއަތާ އިސްރާއީލާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، އިސްރައީލުން އަނެއްކާވެސް ގާޒާއަށް ބޮން އަޅަން ފަށައިފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާފައިވާ ކަމަށެވެ. ހަމަލާ ފަށާފައި މިވަނީ އިޒްރޭލާއި ހަމާސްގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ސުންގަޑި ހަމަވި އިރު، އިތުރު އެއްބަސްވުމެއް އިއުލާނު ކޮށްފައި ނުވާ ދަނޑިވަޅެއްގަ އެވެ.
ވަގުތީ ހަނގުރާމައިގެ މުއްދަތު ހަމަވުމުގެ ގަޑިއެއްހާއިރު ކުރިން ރޮކެޓާއި ބަޑީގެ ހަމަލާތައް ދިން ކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފަ އެވެ. އިޒްރޭލުން ބުނީ ހަމާސް އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ.
އިޒްރޭލުގެ ދިފާއީ ބާރުތަކުން ހުކުރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހަމާސް އިން ހަމަލާތައް މެދުކަނޑާލުމާ ހިލާފުވެފައިވާ ކަމަށާއި އޭގެ އިތުރުން އިޒްރޭލުގެ ސަރަހައްދާ ދިމާލަށް ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށެވެ. އެގޮތުން އިސްއީލުގެ އަސްކަރިއްޔާއިން. ބުނެފައިވަނީ ޣައްޒާގައި ހަމާސްގެ ޖަމާއަތާ ދެކޮޅަށް އަނެއްކާވެސް ހަނގުރާމަ ފަށާފައި ވާކަމުގައެވެ.
ޣައްޒާގެ އުތުރާއި އިރުމަތީ ސަރަހައްދުގައި މިހާރު ވަނީ ވަރުގަދަ ބަޑީގެ ހަމަލާތަކާއި ބަޑީގެ ހަމަލާތައް ވެސް ދޭން ފަށާފައެވެ. ޣައްޒާގައި ތިބި އަލްޖަޒީރާގެ ނޫސްވެރިން ހަވާލާދީ އެނޫހުން ބުނެފައިވަނީ އިސްރާއީލުގެ ވައިގެ ހަމަލާތައް އަލުން ފަށާފައިވާ ކަމަށާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް ޣައްޒާގެ މަތިން ދަތުރުކރާ އަޑު އިވެން ފަށާފައި ވާކަމުގައެވެ.
ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔުނިސްއިން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ތާރިގު އަބޫ އަޒްޒޫމް ވިދާޅުވެފައިވަނީ ޣައްޒާއަށް އިސްރާއީލުގެ އަސްކަރިއްޔައިން ވަރަށް ވަރުގަދަ ބަޑީގެ ހަމަލާތަކަކާއި ވައިގެ މަގުން ވެސް ބޮން އަޅަންފަށާފައިވާކަމުގައެވެ.
އަދި ކުރިއަށް އޮތް ގަޑިތަކުގައި އިޒްރޭލުން އެ ސަރަހައްދު ހުރަސްކޮށް ދޭ ހަމަލާތައް އިތުރުވާނެ ކަމަށް ބެލެވޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް ޣައްޒާ ސިޓީގައި ތިބި މަންޒަރު ދުށް މީހުން ބުނެއެވެ. އަދި ވައިގެ ހަމަލާތަކާއި އާޓިލަރީ ބަޑީގެ ހަމަލާތައް ވެސް އެ ސިޓީގައި މިހާރު ކުރިޔަށްދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޣައްޒާގެ މެދުތެރޭގައި އިޒްރޭލުގެ ޓޭންކުތަކުން ވަނީ ނުސީރާތާއި ބުރެއިޖް ރެފިއުޖީ ކޭމްޕްތައް ކައިރީގައި ހަމަލާތައް ދެމުންނެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށި އަދި ދެ ފަހަރެއްގެ މަތިން އިތުރުކުރި ހަނގުރާމަ ހަތް ދުވަހުގެ މެދުކެނޑުމުގެ ސަބަބުން ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނަށް ޣައްޒާގައި ހައްޔަރުކޮށްފައި ތިބި އެތައް ސަތޭކަ ޤައިދީން ބަދަލުކުރުމުގެ ފުރުސަތު ފަހިވެ، ފުނޑުފުނޑުވެފައިވާ އައްސޭރިފަށަށް އިންސާނީ އެހީ ވަނުމަށް މަގުފަހިވެގެން ދިޔައެވެ.