ފަޒުލް ހިޔާ ސަރަހައްދަށް ވަޑައިގެން ދިރިއުޅޭ މީހުންނާއި، ވިޔަފާރި ކުރައްވާ ފަރާތްތަކާއި ބައްދަލުކޮށްފި

ފަޒުލް ހިޔާ ސަރަހައްދަށް ވަޑައިގެން ދިރިއުޅޭ މީހުންނާއި، ވިޔަފާރި ކުރައްވާ ފަރާތްތަކާއި ބައްދަލުކޮށްފި

Author
ހުސެއިން
29 ނޮވެމްބަރ 2023 08:18
0

އާބަންކޯގެ އެމްޑިކަމަށް އިއްޔެ އައްޔަން ކުރެއްވި، ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް ރަޝީދު ހިޔާ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި އަދި އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކާއި ބައްދަލު ކުރައްވައިފިއެވެ.

އާރބަންކޯއިން ބުނެފައިވަނީ، އެ ކުންފުނީގެ އާ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިއަދު ހުޅުމާލޭ ފޭސް 2 ބީޗް ސަރަހައްދަށާއި ހިޔާ ޕާކް ސަރަހައްދަށް ޒިޔާރަތްކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައި ވާކަމުގައެވެ.

އަދި އެސަރައްދުގައި ވިޔަފާރި ކުރައްވާ ފަރާތްތަކާއި ބައްދަލުކޮށް ހުރި މައްސަލަތައް ބަލާ އެކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން ފަޒުލް ވަނީ އަރުވާފައިވާކަމަށްވެސް ވިދާޅުވެފައި ވެއެވެ. މިޒިޔާރަތުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ސުޖާއުވެސް ވަނީ ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.