މީރާ ފަޅާލައިގެން 25 ރުފިޔާ ވަގަށް ނަގައިގެން ޖަލަށްލި މީހާ ކަލާފާނު ސްކޫލަށް ވަދެގެން އަނެއްކާވެސް ޖަލަށް!

މީރާ ފަޅާލައިގެން 25 ރުފިޔާ ވަގަށް ނަގައިގެން ޖަލަށްލި މީހާ ކަލާފާނު ސްކޫލަށް ވަދެގެން އަނެއްކާވެސް ޖަލަށް!

ގުޅުންހުރި

ކުރިމިނަލް ކޯޓަށް ވަގަށް ވަދެގެން، އެ ސްކޫލުގެ ލީޑިން ޓީޗަރެއްގެ ކޮޓަރިއަށް ވަތް މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. އޭނާ ޖަލަށް ލާފައިވަނީ ހުއްދަ ނޫންތަނަކަށް އެނގިހުރެ ވަނުމުގެ ކުށުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިމިނަލް ކޯޓުން ޖަލަށްލާން ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ، ދެކުލައަރާގޭ މުހައްމަދު އަސްލަމެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަސްލަމް ކަލާފާނު ސްކޫލުގެ ލީޑިން ޓީޗަރުގެ ކޮޓަރިއަށް ވަދެފައިވަނީ ހުއްދަ ނުހޯދާ ކަމުގައެވެ. އަދި މި ކުށަށް އޭނާ އިއުތިރާފް ވުމުން އޭނާގެ ކުށުގެ އަދަބު ވަނީ ލުއި ކޮށްދީފައެވެ.

އެގޮތުން އަސްލު ކުށުގެ އަދަބަކީ 4 މަހާއު 24 ދުވަހުގެ ޖަލުހުކުމަކަށްވި ނަމަވެސް އޭނާ ކުށަށް އިއުތިރާފްވުމުން ހުކުމުން ވަނީ 2 މަހާއި 12 ދުވަސް ލުއިކޮށްދީފައެވެ.

ހުކުމުގައި ވާގޮތުން އޭނާގެ ކުށުގެ ރެކޯޑު އޮވެފަ، އެނގިހުރެ ހުއްދަ ނޫންތަކަށް ވަނުމުގެ ކުށް މިއަހަރުގެ ޖެނުއަރީމަހުވެސް އޭނާގެ މައްޗަށް ސާބިތު ވެފައިވާތީ އޭނާގެ އަދަބު އަސާސީ މިންގަޑަށްވުރެ މަތިކުރަން ޖެހެއެވެ.

އެހެންނަމަވެސް އޭނާގެ އަދަބު ލުއިވެފައިވަނީ އޭނާ ކުށަށް އިއުތިރާފް ވެފައިވާތީއެވެ. އެގޮތުން ގާޒީ  ގާޒީ ޢާއިޝަތު ނުޒުހާ ހުކުމް ކުރައްވާފައިވަނީ އޭނާ ޝަރީއަތަށް ދިން އެއްބާރުލުމަށް ބަލައި، ކޯޓާއި ދައުލަތުގެ ވަގުތުތަކެއް ސަލާމަތްވެފައިވާތީ ފަނޑިޔާރުންނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ މިންވަރު އެއް ދަރަޖަ ދަށްކުރުމަށެވެ.

ފާއިތުވެދިޔަ އަހަރުގެ އޮގަސްޓުމަހު ނުވަ ވަނަ ދުވަހުގެ ރޭ މީރާގެ އިދާރާ އިން ވައްކަންކުރި ކަމުގެ ތުހުމަތުގައި ފުލުހުން އަސްލަމް ހައްޔަރުކުރީ ކޯޓު ޢަމުރެއްގެ ދަށުންނެވެ. އޭނާގެ މައްޗަށް އޭރު ކޮށްފައިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ.

މީރާގެ ކުޑަދޮރެއް ހަލާުކޮށްލައިގެން ވަދެ އޭނާ ވައްކަން ކުރީ ފުލުހުން އެ އިމާރާތުގެ ފޯރި މަރަމުންވެސް އަންނަނިކޮށެވެ. މީރާއިން ފައިސާ ބަލައިގަތް ނަމަވެސް އެ އިދާރާއިން އެއްވެސް އިރެއްގައި ކައުންޓަރުގައި ފައިސާ ނުބަހައްޓާކަމަށް ބުނެފައިވެއެވެ. އޭނާއަށް ނެގުނީ މުވައްޒަފެއްގެ 25 ރުފިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ