އަމިތާބް ގެ ހާއްސަ ހަދިއާ އެއް އަންހެން ދަރިފުޅަށް

އަމިތާބް ގެ ހާއްސަ ހަދިއާ އެއް އަންހެން ދަރިފުޅަށް

Author
ފާތިމަތު ނާވީ
28 ނޮވެމްބަރ 2023 08:38
0

ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަންގެ އަގުބޮޑު އަދި އެންމެ ހާއްސަ ގެ، "ޕްރަތީކްޝާ" އަންހެން ދަރިފުޅު ޝްވޭތާ ބައްޗަނަށް ދީފި އެވެ.

މުމްބާއީގެ ޖުހޫގައި ހުންނަ "ޕްރަތީކްޝާ" ނަމަކަށް ކިޔާ އެ ބަންގްލާއަކީ އަމީތާބްގެ ގެތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް ގެއެވެ. މީޑިއާތަކުން ބުނީ ދޮށީ ދަރިފުޅަށް އެ ގެ ދިނީ ހަދިޔާއެއްގެ ގޮތުގައި ކަމަށާއި އެ ގޭގެ އަގު 50 ކްރޯޑް ރުޕީސް (ހަ މިލިއަން ޑޮލަރު) އަށް އަރާ ކަމަށެވެ.

 

View this post on Instagram

 

A post shared by S (@shwetabachchan)

މީގެ ކުރިން އަމީތާބުއާއި އޭނާގެ އަންހެނުން ޖާޔާ ބައްޗަންގެ ނަމުގައި ހުރި އެ ގެ ޝްވެތާގެ ނަން މައްޗަށް ބަދަލުކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށް ހަބަރުތައް ބުނެ އެވެ. އަމިތާބްގެ 5 ގެ ހުރެއެވެ.

ބުނެވޭ ގޮތުގައި އެ ގެއަކީ އަމީތާބު އޭނާގެ މައިންބަފައިންނާއަކު މީގެ އަހަރުތަކެއް ކުރިން އުޅުނު ގެއެވެ. މިހާރު އޭނާ އުޅެމުން އަންނަނީ މުމްބާއީގެ "ޖަލްސާ" ނަމަކަށް ކިޔާ ގޭގަ އެވެ.

 

View this post on Instagram

 

A post shared by S (@shwetabachchan)

ޒުވާން ދެ ދަރިން ތިބި އަދި ފިލްމީ މަސައްކަތުގައި އެއްވެސް ވަރަކަށް ނޫޅޭ ޝްވެތާ އަކީ އަމީތާބްގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭނަގެ ފިރިމީހާ އަކީ ކަޕޫރް ޚާންދާނަށް ނިސްބަތްވާ ނިކިލް ނަންދާ އެވެ. ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ޝްވެތާ އާއި ނިކިލްގެ ދެ ދަރިންނަކީ ނަވިއާ ނަވޭލީ ނަންދާ އާއި އަގަސްޓިއާ ނަންދާ އެވެ. އަގަސްތިއާ "ދަ އާޗީ" އިން ބޮލީވުޑްއަށް ތައާރަފް ވުމަށް އަންނަނީ މަސައްކަތް ކުރަމުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.