ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ރިއާޔަތްކޮށް ޓޫރިޒަމް މިނިސްޓްރީން އައު ޓާގެޓެއް ކަނޑައަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއަށް ފަތުރުވެރިން މިއަހަރު އަންނާނެ ކަމަށް ލަފާކުރެވޭ ޖުމްލަ އަދަދަކީ 525000 ކަމަށެވެ. މިއީ ކުރިން ލަފާކުރި އަދަދަށްވުރެ 25000 އިތުރު އަދަދެކެވެ. އަދި މިމަހުގެ 25ގެ ކުރިން އަންދާޒާކުރި 5 ލައްކަ ފަތުރުވެރިން މި މަހުގެ 19 ވާ އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް އަންނާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
Considering travel and tourism trends & growth in arrivals to #Maldives our revised forecasts:
▪︎2020: Total arrivals 525,000 plus(500K target on 19th Dec)
▪︎2021: Tourist Arrivals 1.5 mil & 10 mil plus bednights.
Thank you all for your contributions towards tourism recovery.— Ministry of Tourism (@MoTmv) December 12, 2020
މީގެ އިތުރުން އަންނަ އަހަރަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ. މި އަދަދަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ޖުމްލަ 10 މިލިއަން ބެޑް ނައިޓް ހޭދަކުރާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ލަފާކުރެއެވެ.
ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު މަރޗް މަހުގެ ތެރޭގައި ބަންދުކުރަން ޖެހުމާއި، މުޅި ދުނިޔޭގެ ޓޫރިޒަމް ސިނާޢަތަށް އައި ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް އައި ބޮޑު ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ހަލުވިވެގެންދާ އެއް ސަބަބަކީ ޓޫރިޒަމް ސިނާޢަތުގައި މަސައްކަތްކުރާ އެންމެންގެ ބައިވެރިވުން މިކަމުގައި އޮތް މިންވަރު ކަމަށް ޓޫރިޒަމް މިނިސްޓަރ މީގެކުރިން ވަނީ ފާހަގަ ކުރައްވައެވެ.
ބޯޑަރު އަލުންހުޅުވި ފަހުން ރާއްޖެއައި100،000 ވަނަ ފަތުރުވެރިއާ އަށް ރާއްޖެއިން މަރުހަބާ ކިޔާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. 1 ލައްކަ ވަނަ ފަތުރުވެރިއަކީ ސްވިޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ ޔަސްމިން ބުރްކި އެވެ
ކޮމެންޓު ފޮނުވާ