ޑރ. މުއިއްޒުގެ ސަރުކާރަށް ދަތިވާގޮތަށް ކުރާ ކޮންމެކަމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް: އާމިރު

ޑރ. މުއިއްޒުގެ ސަރުކާރަށް ދަތިވާގޮތަށް ކުރާ ކޮންމެކަމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް: އާމިރު

Author
އައިޝަތު އަޙްމަދު
26 ނޮވެމްބަރ 2023 11:41
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދަތިވާގޮތަށް ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއްކަމަށް ކުޑަހުވަދޫ ދާއިރާގެމެންބަރު އަދި އެމްޑީއޭގެ ނާއިބު ރައީސް އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު ވިދާޅުވީ، ޤައުމު މިވަގުތު އޮތް ހާލަތަސް އެކަނި ވިސްނާލިނަމަވެސް ރައީސް ޑރ.މުޢިއްޒުގެ ސަރުކަރަށް ދަތިވާނެ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއްކަމަށެވެ. އެހެންކަމުން ހުރިހާ ފަރަތްތަކުންވެސް އައު ސަރުކާރު ހިންގަން ފުރުޞަތު ދޭންޖެހޭކަމަށް އާމިރު ވިދާޅުވިއެވެ. އާމިރު މިހެން ވިދާޅުވެފައިމިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވަނިކޮށެވެ.  ރައީސް ޔާމީނާއެކު އެ މަސައްކަތުގައި ބައިވެރިވެލައްވަނީ މުހައްމަދު މަލީހު ޖަމާލާއި މުހައްމަދު ޖަމީލު އަހުމަދެވެ.

ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރެއްވިނަމަވެސް، ޕީޕީއެމްގެ ލީޑާޝިޕް އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތުގައެވެ. އަދި ސަރުކާރު ދެމެހެއްޓުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ޕީޕީއެމް ލީޑާޝިޕްގެ ބޭފުޅުން ވަނީ ދެއްވާފައެވެ.

ސަރުކާރަށް ދަތިވާގޮތަށް ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއްކަމަށް އާމިރު ވިދާޅުވެފައިވާއިރު، އެމްޑީއޭއިންވެސް ވަނީ ރައީސް ޑރ. މުޙައްމަދު މުޢީއްޒަށް ތާޢީދުކޮށްފައެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.