ސާރާގެ މަންމަ ގެ ރޯލުވެސް ކުޅެފާނަން: ކަރީނާ

ސާރާގެ މަންމަ ގެ ރޯލުވެސް ކުޅެފާނަން: ކަރީނާ

Author
ފާތިމަތު ނާވީ
27 ނޮވެމްބަރ 2023 01:10
0

ޒުވާން ދޮން ދަރިފުޅު ސާރާ އަލީ ހާންގެ މަންމަ ގެ ރޯލުވެސް ފިލްމް އެއް ގައި ކުޅެފާނަން ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާން ބުނެފިއެވެ.

"ކޮފީ ވިތު ކަރަން 8″ ގެ ހަތަރު ވަނަ އެޕިސޯޑްގައި ފަހަރި އަދި މަޝްހޫރު ބަތަލާ އާލިއާ ބަޓާ އެކީ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ކަރީނާ ވަނީ ކަރަން ކުރި ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

އެޝޯވގައި ޒާތީ ދިރިއުޅުމުގެ ގިނަ ވާހަކަ ތަކެއް އާލިއާ ވެސް އަދި ކަރީނާވެސް ވަނީ ދައްކަފައިއެވެ. އެގޮތުން އެއްވެސް ތަރިއަކާއި މީހާރު ވާދަ ނުކުރާ ކަމަށް ކުރިން ވަރަށް ވާދަވެރި ބަތާލާއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަރީނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

އެގޮތުން ފިލްމެއްގައި ސާރާގެ މައެއްގެ ރޯލު ކުޅެން އޮފާކޮށްފި ނަމަ އެ ފުރުސަތުގެ ބޭނުން ހިފައިފާނެތޯ އެހުމުން ކަރީނާ ބުނީ އޭނަ އަކީ އެކްޓަރެއް ކަމަށާއި ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެން ތައްޔާރު ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މިހާރު މުހިންމީ ރަނގަޅު ސްކްރިޕްޓެއް ކަމަށާއި އޭނާގެ ހުނަރު އެކި ކެރެކްޓާ ތަކުން ދައްކަން ބޭނުން ވާކަމަށެވެ. އަދި ވަރުގަދަ ރޯލެއް ވިއްޔާ ފިލްމްއަކަށް އާނބަސް ބުނުމަކީ އުދަނގޫ ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

މިހާރު އުމުރުން 28 އަހަރުގެ ސާރާ އަކީ ކަރީނާގެ ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާންގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދޮށީ ދަރިފުޅެވެ. ސާރާ ބޮލީވުޑަށް ނުކުތީ 2018 ގެ "ކޭދަރުނާތު" އިންނެވެ. ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިބްރާހީމް އަލީ ޚާން، 22، އާއި ސާރާގެ މަންމަ އަކީ ބަތަލާ އަމްރިތާ ސިންގް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.