ފިރިމީހާ އަކީ ހުރިހާ ކަމެއްގެ ފަރުވާ: ޕަރިނީތީ

ފިރިމީހާ އަކީ ހުރިހާ ކަމެއްގެ ފަރުވާ: ޕަރިނީތީ

Author
ފާތިމަތު ނާވީ
27 ނޮވެމްބަރ 2023 07:59
0

ފިރިމީހާ އަކީ އޭނާ އަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ ކަމަށާއި އޭނަ އަކީ ހުރިހާ ކަމަށްކަވާ ފަރުވާއެއް ކަމަށް ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

ޕަރިނީތީ އާއި ލޯބިވެރިއާ ރާގަވް ޗައްޑާ ކައިވެނި ކުރީ މިދިއަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގައި ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި ގިނަބައެއް ޝާމިލުވި ހަފްލާއެއްގައި އެވެ.

ވަރަށް ބޮޑަށް ފިރިމީހާ އަށް ތައުރީފް ކުރަމުން ޕަރިނީތީ ބުނީ ފިރިމީހާ އަކީ ވަރަށް ވިސްނުންތެރި، ތެދުވެރި، މަޑުމައިތިރި އަދި އާއިލީ ގުޅުމަށް ވެސް ވަރަށް އިސްކަންދޭ މީހެއް ކަމަށެވެ. އެހެންވެ ފިރިމީހާގެ އެ ސިފަތަކާ ހެދި އޭނަ ދެކެ ވަރަށް ބޮޑަށް ވެސް ގަޔާވާ ކަމަށް ޕަރިނީތީ ބުންޏެވެ.

 

View this post on Instagram

 

A post shared by @parineetichopra

މަޝްހޫރު ބަތަލާ ފްރިޔަންކާ ޗޯޕްޅާ އާއި ދެބެންގެ ދެދަރި ޕަރިނީތީ އާއި ރާގަވް ކައިވެނި ކުރީ ލޯބީގެ ގޮތުންގ ގުޅިގެން އުޅޭތާ ސުވަސްގަނޑަކަށް ފަހުގައިއެވެ.ރާގަވް އަކީ އިންޑިއާގެ މަޝްހޫރު ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދުމާ ޕާޓީ އާޕް) ގެ އިސް ލީޑަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.