ޗައިނާ ސަފީރުގެ ތަފާސް ހިސާބު: މިއަހަރު ޗައިނާއަށް ދައްކަން އޮތީ 1.7 މިލިއަން ޑޮލަރު

ޗައިނާ ސަފީރުގެ ތަފާސް ހިސާބު: މިއަހަރު ޗައިނާއަށް ދައްކަން އޮތީ 1.7 މިލިއަން ޑޮލަރު

Author
މުޙައްމަދު ޖިމީ
12 ޑިސެމްބަރ 2020 01:05
0

ޗައިނާއަށް މިއަހަރު ދައްކަން އޮތީ1.7 މިލިއަން ޑޮލަރުކަމަށް ވިދާޅުވެ، ޗައިނާ ސަފީރު ތަފާސް ހިސާބުން ރައްދު ދެއްވައފިއެވެ.

ޗައިނާގެ ލޯނުތަކާއި ހެދި ކޯވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށާއި، 14 ދުވަހުގެ ތެރޭ ޗައިނާއަށް 15 މިލިޔަން ޑޮލަރު ދައްކަންޖެހޭކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.އަދި މަޖިލިސް ރައީސް ވިދާޅުވި ޗައިނާގެ ލޯނުތަކާއި ހެދި ކޮވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވާ ޗައިނާ ސަފީރު އިއްޔެ ވިދާޅުވެފައިވަނީ ބޭންކްތަކުން ދިން މައުލޫމާތަށް ބަލާއިރު، ރާއްޖެއިން، 14 ތެރޭގައި ތެރޭގައި ޗައިނާގެ ބޭންކްތަަކަށް ދައްކަން ޖެހޭ 15 މިލިއަން ޑޮލަރު ޕޭމެންޓެެއް ނެތް ކަމަށެވެ. އަދި އެކައުންޓް ފޮތްތައް ބައްލަވާލައްވާ، ބަޖެޓަށް އެ ފައިސާ ރައްކާކޮށް ހިސާބުތައް ރަނގަޅަށް ޖެއްސެވުމަށް އެދިވަޑައިގަތެވެ.

ސަފީރުގެ މިވާހަކަފުޅައި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ތަފާސް ހިސާބުތައް ޢާންމުކުރެއްވިއެވެ. އަދި ރައީސް ނަޝީދުގެ ވާހަކަފުޅަށް ބާރުދެއްވާ ޗައިނާއަށް ބޮޑު ޢަދަދެއްގެ ފައިސާ ދައްކަންޖެހޭކަން ދައްކުވާފައިވެއެވެ. ރާއްޖެއިން ޗައިނާގެ 3 ބޭންކަކަށް މިމަހު ދައްކަންޖެހޭ ދަރަނީގެ ލިސްޓެއް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހާމަކުރެއްވިއެވެ.

ބޮންޑޭ ޢާންމުކުރެއްވި ތަފާސް ހިސާބުތަކުގެ ލިސްޓުގައިވާ ގޮތުން ރާއްޖެއިން ޗައިނާގެ ބޭންކްތަކަށް ދައްކަން ޖެހިފައި ވަނީ، ސްޓެލްކޯ ފިފްތް ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ނަގާފައިވާ ލޯނަކަށް ދައްކަން ޖެހޭ 3.14 މިލިއަން ޑޮލަރާއި، ހުޅުމާލެ ފޭސް 2 ގައި 1530 ހައުސިން ޔުނިޓް އެޅުމަށް ޗައިނާ ޑިވެލޮޕްމަންޓް ބޭންކާއި، ސޭލާ ބޭންކުން ނަގާފައިވާ ލޯނަށް ދައްކަން ޖެހޭ 2.37 މިލިއަން ޑޮލަރާއި، ހުޅުލެ އާއި ހުޅުމާލެ ގުޅާލާ މަގުގެ މަސައްކަތަށް އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ އިން ނަގާފައިވާ ލޯނަށް ދައްކަން ޖެހޭ 1.71 މިލިއަން ޑޮލަރެވެ.

އެތަފާސް ހިސާބުތަކަށް ރައްދު ދެއްވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ވަނީ ތަފާސް ހިސާބުތަކެއް ޢާންމުކުރައްވާފައެވެ. އަދި ވިދާޅުވީ،ޗައިނާ އަށް މިއަހަރު ދައްކަން އޮތީ 1.7 މިލިއަން ޑޮލަރު ކަމަށާއި، ހުޅުމާލެ ފޭސް 2 ގައި 1530 ހައުސިން ޔުނިޓް ޕޭމަންޓަކީ ޗައިނާގައި ހުންނަ އެހެން ގައުމެއްގެ ބޭންކަކަށް ދައްކަން ޖެހޭ ޕޭމަންޓެއްކަމަށެވެ.

 

ޗައިނާ ސަފީރު ވިދާޅުވީ، ސްޓެލްކޯ ފިފްތް ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ދައްކަން ޖެހެނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައިކަމަށެވެ.

ނަޝީދު ޗައިނާއަށް އަމާޒުކޮށް ދައްކަވާ ވާހަކަތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ޗައިނާ އިން ލޯނާއި އެކި އެކި އެހީ ނަގައިގެން ކުރީގެ ސަރުކާރުން ހިންގެވި މަޝްރޫޢުތަށް ކަމުނުދާއިރު، ޗައިނާ އިން ނަގާފައިވާ ލޯނަށްވުރެ ދެފުށް ނުފެންނަ ގޮތަކަށް އިންޑިއާއިން ލޯނު ނަގަން މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.