އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން އެންގުމަކީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫން: ނަޝީދު

އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން އެންގުމަކީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫން: ނަޝީދު

Author
ހުސެއިން
25 ނޮވެމްބަރ 2023 06:46
0

އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން އެންގުމަކީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫންކަމަށާއި، ރާއްޖޭގެ މުސްތަގުބަލް އޮތީ އިންޑިއާއާއި ގުޅުން ބަދަހި ކުރެވުނު މިންވަރެއްގެ މައްޗަށް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި ކުރިޔަށްދާ "ކޭޕް ޓައުން ކޮންވަޒޭޝަން" ކޮންފަރެންސް"ގެ ހަވާސާގައި އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއިއެއްގައެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އާ ރިޔާސީ އިންތިޚާބެއް ބާއްވާ ރައްޔިތުން އިންތިޚާބު ކުރި ސަރުކާރުން ގެންގުޅޭނީ މުޅިން ތަފާތު ޚާރިޖީ ސިޔާސަތެއް ކަމަށާއި، އެހެންނަމަވެސް އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބަދަލުތަކެއް އަންނަ ތަން ފެނިވަޑައި ނުގަންނަވާ ކަމުގައެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ބެހޭގޮތުން ތަފާތު އަޑުތައް އިވުނު. އެހެންނަމަވެސް އެއީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި މަގުކަމަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަޑު ވާހަކަ ދައްކައިފިން ރައްޔިތުންގެ މަޖިލީހާވެސް. ކުރިޔަށް އޮތްތަނުގައިވެސް ވިސްނައިދެމުން ދާނަން، ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކީ އިންޑިއާއެކީ ވަރުގަދަ ގުޅުމެއް އޮތުން ކަމަށް. އުއްމީދު ކުރަނީ މިކަމުގެ ހުރި ގެއްލުމާއި ފައިދާ އާ ސަރުކާރަށް ރަގަޅަށް ވަޒަން ކުރެވުން.

އިންޑިއާގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ދިވެހި ރައްޔިތުންނަށް ހުރި އެންމެ ރަގަޅު ގޮތް ނޫންކަމުގައި ނަޝީދު ވިދާޅުވެފައިވާއިރު، އަލަށް ރައީސްކަމުގެ ހުވާ ކުރެއްވި ޑރ. މުއިއްޒު ވަނީ އިންޑިއާ ސިފައިން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އަންގަވާނެކަމަށެވެ. އެމަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިންޑިއާގެ ކިބައިން ވަނީ ރަސްމީކޮށް އެދިފައެވެ.

ދިވެހި ސަރުކާރުން މިކަމަށް ރަސްމީކޮށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެހެންނަމަވެސް ރާއްޖޭގެ މި އެދުމާއި ގުޅޭގޮތުން އިންޑިއާއިން ދީފައިވާ ޖަވާބެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަބޫ
އިންޑިޔާސިފައިން ރާއްޖެގައި ތިއްބޭކައްނުޖެހޭ ނަސީދު ބޭނުންވިޔަސް ރައްޔަތުން ބޭނުމެމް ނުވޭ ރާއްޖޭގައި އިންޑިޔާސިފައިން ތިބޭކައް
އ އަޒީބެ
މިވަށް ބީތާވީމަ ކަމަކުނުދާނެ ރައީސް މައުމޫނުގެ ރަން 30 އަހަރުގެ ވެރިކަމުގާވެސް ރާއްޖެއިން ގެންގުޅުނީ އިންޑިޔާ ފަސޓް ސިޔާސަތުެެ އިންޑިޔާސިފަިންނަށް ރާއްޖެ ދީގެނެއްނަުން ކޮސް ނޮގޮވާ މަޑުން ހުރެވޭތޯ ބަލާ
ވ ވ
ދެންމިތާސިފައިން ނަށްހަދަނީކިހިނެއް ދެންއެހެމްގައުމުތަކުންވެސް ސިފައިންގެނެސްބަހަޒްޓަންވީނު.ދިވެހިންނަށް ރަގަޅިއްޔާ
މ މުހައްމަދު
ކަލެޔަށް ދިވެހިންނަށް ރަގަޅުގޮތް އެގޭވަރުން ދުނިޔެމަތީ ސުވަރުގެ ކަމުގައިބުނާ މިގައުމުގައި އުޅެންދަތިވެގެން މިއުޅެނީ.