ކުރީގެ މެންބަރު ފަލާހު ޕީޕީއެމް ދޫކޮށް ޕީއެންސީއަށް، ވިދާޅުވީ ވެރިކަން ދިފާޢުކުރަން މޭ އައްޑަނައަކަށް ހަދާނެކަމަށް!

ކުރީގެ މެންބަރު ފަލާހު ޕީޕީއެމް ދޫކޮށް ޕީއެންސީއަށް، ވިދާޅުވީ ވެރިކަން ދިފާޢުކުރަން މޭ އައްޑަނައަކަށް ހަދާނެކަމަށް!

Author
އައިޝަތު އަޙްމަދު
25 ނޮވެމްބަރ 2023 12:33
0

އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު ޕީޕީއެމް ދޫކުރައްވާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ފަލާހު ޕީއެންސީއާ ގުޅިވަޑައިމިގަތީ، ޕީޕީއެމްގެ ގިނަ ބަޔަކު އެޕާޓީ ދޫކޮށް ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއާ ގުޅެމުންދާ ދަނޑިވަޅެއްގައެވެ. ޕީޕީއެމް ޕީއެންސީ ހިމެނޭ ކޯލިޝަންގެ ތެރެއިން ޕީޕީއެމް ދޫކުރައްވާ ރައީސް ޔާމީން ވަނީ އައު ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފައެވެ.

ޕީއެންސީއާ ފަލާހު ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގަތީ ފަލާހު ސޮއި ކުރެއްވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އެޕާޓީގެ ޗެއަރޕާސަން އަދި ރައީސްގެ ސްޕެޝަން އެންވޯއީ ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

ޕީއެންސީއާ ގުޅިވަޑައިގެން ފަލާހު ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަން ދިފާއުކުރަން މޭ އައްޑަނައަކަށް ހަދާނެކަމަށާއި، ސިޔަސީ ގޮތުންނާއި ހުރިހާ ގޮތަކުންވެސް ރައީސް މުޢިއްޒުގެ ސަރުކާރު ދިފާޢު ކުރުމުގައި ވަފާތެރިކަންމަތީ ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އަދި މުޅި ރ. އަތޮޅުވެސް ވަނީ ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައިކަމަށާއި، މުޅި ރ. އަތޮޅުގެ 15 ރަށުގެ ރައްޔިތުންވެސް ތިބީ ރައީސް މުޢިއްޒުގެ ސަރުކާރު ދިފާޢުކޮށް އެމަނިކުފާނުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރިއަށް ދާންކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ފޯމުތައް ހަވާލު ކުރުމަށްފަހު ފަލާހު ރައީސް މުއިއްޒުއާ ސަމާލް ކުރައްވަނީ

ފަލާހު މިއަދު ޕީއެންސީއަށް ސޮއި ކުރެއްވިއިރު އޭނާ ގެންދަވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އިނގުރައިދޫ ދާއުރާއަށް ކުރިމަތިލައްވަން ނިންމަވާ ވަރުގަދަ ކެމްޕޭނެއް ކުރައްވަމުންނެވެ. އަދި އިނގުރައިދޫ ދާއިރާގައި ފަލާހުއަށް ބޮޑު ތާއީދެއް އޮތްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭން ފެއްޓެވުމަށްފަހު ފަލާހު ވިދާޅުވެފައިވަނީ މަޖިލިހުގެ ކުރިޔަށް އޮތް ދައުރަށް ކުރިމަތިލައްވަން ގަސްތު ކުރެއްވީ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިންކަމަށާއި، ދާއިރާގެ ބޮޑު ތާއީދަކާއެކީ އިންތިޚާބުކުރި ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެއްބާރުލުން ދިނުމަށްވެސް ރައްޔިތުން ބޭނުންވާ ކަމުގައެވެ.

ފަލާހު ކެމްޕޭން ދަތުރެއްގައި ދާއިރާގެ ރަށަކަށް ޒިޔާރަތް ކުރައްވަނީ

ފަލާހު ކުރިޔަށް އޮތް ދައުރުގައި އެދާއިރާގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިއިރު އޭނާވަނީ ފާއިތުވި ރިޔާސީ އިންތިޚާބު ޑރ. މުއިއްޒުއަށް ކާމިޔާބު ކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ. މިގޮތުން އޭނާވަނީ "ދިވެހީންގެ ރާއްޖެ" ކެމްޕޭންގެ ރ. އަތޮޅުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލިހުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބުރާހިމް ފަލާހުއަކީ ރައީސް ޑރ. މުއިއްޒުގެ ވަރަށް އަރިސް ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަތްޔަ
ކުރިން ބުނިއެތިކެންސަލް ހައްތަހާވެސް އަމިއްލައެދުމާއި ގެން މިހާރު ކޮބައި ތޮއޮޔާމީނު ހައްތަހާވެސް މަގާމުތަކާއި އަމިއްލަ އެދުންފުރިހަމަނުވެގެން އުޅޭބައެއް ރަތްޔިތުން ހޭއަރަންވީ ރަތްޔިތުންވިސްނަންވީ؟
ފ ފައްކަލޭ
މަގޭ ހިތައް އަރާ މިބައި މީހުން ލަދެއްވެސް ނުގަނޭބާއޭ. އެތޯ ހެވީ މިތޯ ހެވީ ބަލަމުން މިދަނީ. ތާކުން ތާކު ޖެހޭ އެކަކުވެސް ނެތް. ޑާރޓީ ޕޮލިޓިސް ގެ ޕޮރޯމެކްސް މި ފެއްނަނީ️️️️️. ފުރަތަމަ 2 އަހަރު ކުރީގެ ވެރިކަމުގަ ނުކުރި ކަންތައް، އިސްތިޢުފާއައް ގޮވުން އަދި މަގު މަތީގެ ގާ އަޅާ ނެގުން 5 އަހަރު ނިމެން ދެކައް... އައްނަ 3 އަހަރު ރައްޔިތު މީހާހެދުމައް ކޮނެވެސް ބިމެއްގެ ގެދޮރުގެ ވާހަކަ އަދި ކެމްޕޭން