ސުލްހައިގެ ވަގުތީ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ބޮމުގެ އަޑުތައް ކެނޑި، ޣައްޒާއަށް ހަމަހިމޭންކަން

ސުލްހައިގެ ވަގުތީ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ބޮމުގެ އަޑުތައް ކެނޑި، ޣައްޒާއަށް ހަމަހިމޭންކަން

Author
ހުސެއިން
24 ނޮވެމްބަރ 2023 05:46
0

އިސްރާއީލުން ޣައްޒާގައި ހިންގި ބޮޑު ގަތުލު އާންމަކަށްފަހު އިސްރާއީލާ ހަމާސް ޖަމާއަތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވުމާއެކު، ޣައްޒާއަށް ހަމަހިމޭންކަން އަތުވެއްޖެއެވެ. އިސްރައީލުން ޣައްޒާއަށް ބޮންއެޅުން ހުއްޓުމަކަށް އައުމާއެކު، ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުން މިހާރު އަވަސް ވެގެންފައިވަނީ، މިބާ ހަމަވެފައިވާ އެމީހުންގެ ގޮދޮރަށް ޒިޔާރަތް ކުރުމަށެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތުގެ ހަނގުރާމަތައް ހަތަރު ދުވަހަށް މެދުކަނޑާލުމަށް ފަހު، މިސްރުން ޣައްޒާއަށް ސިއްހީ ސާމާނާއި ތެލާއި ކާބޯތަކެތި ހިފައިގެން 60 ލޮރީ މިހާރުވަނީ ވަދެފައެވެ.

ގަތަރުގެ މެދިވެރިވެ އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ 13 މީހަކު މިއަދު ދޫކޮށްލުމަށް ހަމަޖެހިފައިވާއިރު، ހަތަރު ދުވަހުގެ ތެރޭގައި 50 މީހަކު ހަމާސް ޖަމާއަތުން ދޫކޮށްލާނެއެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލުން ފަލަސްތީނުގެ 150 ގައިދީން މިނިވަންކުރާނެއެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން މިއަދު ފަލަސްތީނުގެ ލީޑަރުންނާ ބައްދަލުކުރައްވަމުން ވިދާޅުވީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ހުރިހާ މަގެއް އިނގިރޭސިވިލާތުން ބަލަމުންދާ ކަމުގައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި 1،200 މީހުން މަރުވެ 240 އެއްހާ މީހުން ވަނީ ރަހީނުކޮށްފައެވެ. އޭގެ ފަހުން ޣައްޒާގެ ހަމާސް ޖަމާއަތުން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އިސްރާއީލުގެ ބަދަލުހިފުމުގެ ކެމްޕޭނުގައި މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.