ޔާމިންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އަދީއްތަ ދުވަހު އެދޭނެ

ޔާމިންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އަދީއްތަ ދުވަހު އެދޭނެ

Author
ހުސެއިން
24 ނޮވެމްބަރ 2023 05:26
0

ކުރީގެ ރައީސް ޔާމިން އުފައްދަވާ އާ ސިޔާސީ ޕާޓީގެ އުފެއްދުމުގެ ހުއްދައަށް އަންނަ އާދީއްތަ ދުވަހު އެދޭނެކަމަށް އާ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު ޖަމާލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް ރަސްމީކޮށް އެދޭނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. އަދި އޭނާ ޓުވީޓު ކުރައްވާފައިވާ ގޮތުގައި، މިހާރުވަނީ އާ ޕާޓީގެ ލޯގޯއައި އަސާސީ ގަވާދު އެކުލަވާ ނިމިފައެވެ.

މަލީހުވަނީ ރައީސް ޔާމިނަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން އާ ޕާޓީއާއި ގުޅުމަށް ގޮވާލައްވާފައެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލައްވާ، އާ ޕާޓީއެއް ހައްދަވަން ނިންމަވާފައިވާކަން ރޭ އިއުލާން ކުރައްވާފައިވަނީ އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދުއެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.