އިސްރާއިލާއި ހަމާސް ޖަމާއަތުން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލައިފި

އިސްރާއިލާއި ހަމާސް ޖަމާއަތުން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލައިފި

ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލުގެ އާންމު ރައްޔިތުންގެ ތެރެއިން 30 މީހަކު ހަމާސް ޖަމާއަތު ދޫކޮށްލަށް ފެށުމާއެކު، ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފަށައިފއެވެ.

މިއެއްބަސްވުމުގައިވާ ގޮތުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 150 މީހަކު މިނިވަން ކުރާނެއެވެ. މަހަކަށްވުރެ ދިގުލައިގެން ގޮސްގައިވާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް އިސްރާއީލްއާއި ހަމާސް ޖަމާއަތުން އެއްބަސް ވެފައިވަނީ ގަތަރުން މެދުވެރިވެ ކުރިޔަށް ގެންދެވުނު މަޝްވަރާތަކަށް ފަހުއެވެ.

ފާއިތުވި އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ވަރުގަދަ ހަމަލާއާއެކު ފެށިގެންދިޔަ ހަނގުރާމާގައި މިހާތަނަށް އިސްރާއީލުންވަމީ ފަލަސްތީނުގެ 12،000 މީހުން ޝަހީދު ކޮށްލާފައެވެ. އިސްރާއީލުން މަރުވެފައިވަނީ 1،200 މީހުންނެވެ.

ދެފަރާތުން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްވަސްވުމަށް އަމަލު ކުރަން ފަށާފައިވަނީ މިއަދު ފަލަސްތީނު ގަޑިން ހެނދުނު 7:00 ގައެވެ. އެއީ ރާއްޖޭގެ ގަޑިން ހެނދުނު 10:00 ގައެވެ.

މިއަދު ހެނދުނު ފަލަސްތީނުގެ ގަޑިން 7:00 ގައި ހަމާސްއިން ރަހީނު ކޮށްފައިވާ 30 މީހަކު މިނިވަން ކުރާނެއެވެ. އަދި ކުރިޔަށް އޮތް 4 ދުވަހުގެ ތެރޭގައި ޖުމްލަ 50 މީހުން ހަމާސްއިން މިނިވަން ކުރާނެއެވެ. އަދި ހަމަ އެމުއްދަތުގެ ތެރޭގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މީހުންވެސް ހަމަޖެހިފައިވާ އަދަދަށް އިސްރާއީލުން ދޫކުރަމުން ދާނެއެވެ.

ހަމާސްއިން ރަހީނު ކޮށްފައިވާ ބައެއް މީހުން ދޫކޮށްލުމަށް އެއްބަސްވުމައެކު އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެފައިވަނީ މިނިވަންވާ މީހުންގެ ތެރޭގައި ރަހީނު ކޮށްފައިވާ، އުމުރުން 3 އަހަރުގެ އެމެރިކާއަށް ނިސްބަތްވާ ކުޑަ ކުއްޖާ ހިމެނޭނެކަމަށް އޭނާ އުއްމީދު ކުރައްވާ ކަމުގައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވަނީ، ހަނގުރާމަ ހުއްޓާލުމަށް އެއްބްސްވެފައިވަ މުއްދަތު ދިއުމުން އަނެއްކާވެސް އެގައުމުން ކުރިަޔށްވުރެ ވަރުގަދަޔަށް ހަނގުރާމަ ފަށާނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *