އިސްރާއީލާއި ހަމާސްއިން ވަގުތީގޮތުން ހަނގުރާމަ ހުއްޓާލާނީ މިއަދު ހެނދުނު މާލޭ ގަޑިން 10:00 ގައި

އިސްރާއީލާއި ހަމާސްއިން ވަގުތީގޮތުން ހަނގުރާމަ ހުއްޓާލާނީ މިއަދު ހެނދުނު މާލޭ ގަޑިން 10:00 ގައި

ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލުގެ އާންމު ރައްޔިތުންގެ ތެރެއިން 30 މީހަކު ހަމާސް ޖަމާއަތު ދޫކޮށްލާ، އަދި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 150 މީހަކު މިނިވަން ކުރުމަށް އެއްބަސްވެ، މަހަކަށްވުރެ ދިގުލައިގެން ގޮސްގައިވާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް އިސްރާއީލްއާއި ހަމާސް ޖަމާއަތުން އެއްބަސް ވެއްޖެއެވެ.

ފާއިތުވި އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ވަރުގަދަ ހަމަލާއާއެކު ފެށިގެންދިޔަ ހަނގުރާމާގައި މިހާތަނަށް އިސްރާއީލުންވަމީ ފަލަސްތީނުގެ 12،000 މީހުން ޝަހީދު ކޮށްލާފައެވެ. އިސްރާއީލުން މަރުވެފައިވަނީ 1،200 މީހުންނެވެ.

ދެފަރާތުން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްވަސްވުމަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ފަލަސްތީނު ގަޑިން ހެނދުނު 7:00 ގައެވެ. އެއީ ރާއްޖޭގެ ގަޑިން ހެނދުނު 10:00 ގައެވެ. ދެ ފަރާތުގެ ދެމެދުގައި ވެވުނު މި އެއްބަސްވުން އެކުލަވާލާފައި ވަނީ ގަތަރުން މެދުވެރި ވެގެންނެވެ.

މިއަދު ހެނދުނު ފަލަސްތީނުގެ ގަޑިން 7:00 ގައި ހަމާސްއިން ރަހީނު ކޮށްފައިވާ 30 މީހަކު މިނިވަން ކުރާނެއެވެ. އަދި ކުރިޔަށް އޮތް 4 ދުވަހުގެ ތެރޭގައި ޖުމްލަ 50 މީހުން ހަމާސްއިން މިނިވަން ކުރާނެއެވެ. އަދި ހަމަ އެމުއްދަތުގެ ތެރޭގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މީހުންވެސް ހަމަޖެހިފައިވާ އަދަދަށް އިސްރާއީލުން ދޫކުރަމުން ދާނެއެވެ.

ހަމާސްއިން ރަހީނު ކޮށްފައިވާ ބައެއް މީހުން ދޫކޮށްލުމަށް އެއްބަސްވުމައެކު އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެފައިވަނީ މިނިވަންވާ މީހުންގެ ތެރޭގައި ރަހީނު ކޮށްފައިވާ، އުމުރުން 3 އަހަރުގެ އެމެރިކާއަށް ނިސްބަތްވާ ކުޑަ ކުއްޖާ ހިމެނޭނެކަމަށް އޭނާ އުއްމީދު ކުރައްވާ ކަމުގައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވަނީ، ހަނގުރާމަ ހުއްޓާލުމަށް އެއްބްސްވެފައިވަ މުއްދަތު ދިއުމުން އަނެއްކާވެސް އެގައުމުން ކުރިަޔށްވުރެ ވަރުގަދަޔަށް ހަނގުރާމަ ފަށާނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *