ޔާމީން ޕީޕީއެމުން ވަކިވެއްޖެ، އާ ޕާޓީއެއް އުފައްދަވަނީ

ޔާމީން ޕީޕީއެމުން ވަކިވެއްޖެ، އާ ޕާޓީއެއް އުފައްދަވަނީ

Author
ހުސެއިން
24 ނޮވެމްބަރ 2023 04:27
0

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލައްވާ، އާ ޕާޓީއެއް ހައްދަވަން ނިންމަވައިފި އެވެ.

ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. މުހަންމަދު ޖަމީލް އަހުމަދު ޗެނަލް 13 ގައި މިރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ނިންމުމަކީ ރައީސް ޔާމިނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

އެކަމަކު އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވޭ ވެރިކަމަށް ހޮވި ވަޑައިގަތް ފަހުން ޑރ. [މުހަންމަދު] މުއިއްޒު ރައީސް ޔާމީންގެ ފޯނެއް ނުނަންގަވާ. އަދި ލީޑާޝިޕުން ވަނީ ރައީސް ޔާމީނާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީނާ މަޝްވަރާއެއް ނުކުރައްވާ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު ރައިސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ރައީސް ޔާމީނާ މަޝްވަރާ ކުރައްވައިގެން ޕާޓީ ހިންގަން ބޭނުމެއް ނުވޭ،" ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕް ރައީސް ޔާމިނަށް ބޭވަފާތެރި ވެއްޖެ ކަމަށެވެ. "ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ." ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ

ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމިންގެ ފިކުރުގަ ތިއްބެވި އެތައް ބަޔަކު ރައީސް ޔާމިން ނިސްބަތްވާ ޕާޓީއަކަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކޮށްދޭން ބޭނުންވާ ކަމުގައެވެ.

(ރައީސް ޔާޟިން) ޕީޕީއެމާ ދުރަށް ޖެހިވަޑައިގަތީ ވަރަށް ގިނަ ކަންތައްތަކެއް މިދިޔަ ދުވަސްތަކުގައި ހިނގައިދިއުމުން. އެކަމަކު އެމަނިކުފާނަކީ ސިޔާސީ ދުރުވިސްނޭ ބޭފުޅެއް. އެހެންވެ، އެމަނިކުފާނުގެ ފިކުރު އޮތް އަމިއްލަފުޅު ޕާޓީއެއް ހައްދަވައިގެން އެމަނިކުފާނު ސިޔާސީ މަސައްކަތްޕުޅު ކުރައްވާނެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލައްވަން ނިންމެވި ސަބަބުތައް ހާމަ ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ރައީސް ޔާމިންގެ ފަހަތްޕުޅުގައި އެރު ތިއްވީ މުޅިން އެހެން ބޭނުމެއްގައި ކަމުގައި ކަމެވެ. އަދި ވިދާޅުވީ އެ ބޭނުން ފުދުމުން އެބޭފުޅުން ރައީސް ޔާމިންގެ މަޝްވަރާއެއްވެސް ބޭނުން ނުވި ކަމުގައެވެ.

ޑރ. މުއިއްޒު ވެސް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ޓަކައި އެކަން ކޮށްދެއްވާނެ ކަމަށް. އެހެން ނަމަވެސް ރައީސް ޔާމީން މިއަދު އެ މަސައްކަތް ކުރައްވަނީ ގިނިކަންޏާ. މިއަދަކު ނުވެއް ފެނޭ ލީޑާޝިޕްގެ ބޭފުޅުންނެއް ވެސް.

ރައީސް ޔާމިނަށް އިންސާފު ހޯދައިދިނުމަށް ޕީޕީއެމްގެ ލީޑަރޝިޕްގައި ތިބި ބޭފުޅުން މިއަދު މަސައްކަތް ކުރައްވަމުން ގެންދަވާތަން ފެންނަމުން ނުދާކަން ފަހަގަ ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
ވެރިކަމަކީ މީހަކުބުނާގޮތައް ކުރެވޭނެ ކަމެއް ނޫންކަމާއި އަދި ކޮށްގެން ނުވެސްވާނެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރ. ޔާމީނަށް. ރ މުއިއްޒު އަބަދު ވެސް ވިދާޅުވަމުންއައީ އެމަނިކުފާނުގެ މައްޗައް ބަސްކިޔާނެ މީހަކު ނުހުންނާނެ ކަމާއި އެމަނިކުފާނު އިސްކުރާ ވެރިންވެސް ޖަވާބުދާރީވާނީ ސީދާ އެމަނުކުފާނަށްކަން.
ރ ރަޝީދު،
ތިއުޅެނީ ހަމަ ގެރިތެޅެން. ގަނޑަތެޅެން. ވާނީ އަންނިއަށްވީ ވަރު ، ބާކީވާނީ ، ޔާމީނަކީވެސް މިޤައުމަށް އަރާ އިރެއްނޫނޭ ، އެކަމަކު އަގުބޮޑު ޤައުމީ ދަރިއެއް. އަގުހިފައްޓާނީ އަމިއްލަފުޅަށް ، މީ60 ގެ އަހަރުތަކެއނޫން ، މީ ވިހިވިހީގެ އަހަރުތަށް ، ރައްޔިތުން ވަރަށް ހޭލައި ލޯހުޅުވާ ! ރައީސް ކަމަކީ ޔާމީންގެ ޙައްޤީ މިލްކެއްނޫން ! މުޢިއްޒަށް ވެރިކަން ޙަވާލުކުރީ ، ޔާމީނެއްނޫން، ރައްޔިތުން !!!!!!
ޟ ޟުހަނަމަދު
ހައެ ހައެ ؟ މިވީ ކިހިނެއް ؟ ކޮބާ އަދުރޭ .! ؟ ކޮބާ އަދުރޭ ދެއްކި ވާހަކަތައް