ޕޮލިސް އިންޓެލިޖެންސްގެ އިތުރު ވެރިންތަކެއް ބަދަލުކޮށްފި

ޕޮލިސް އިންޓެލިޖެންސްގެ އިތުރު ވެރިންތަކެއް ބަދަލުކޮށްފި

Author
ހުސެއިން
23 ނޮވެމްބަރ 2023 06:34
0

ފުލުހުންގެ މުވައްސާގެ އިންޓެލިޖެންސްގެ އެކި ސެކްޝަންތަކުގެ ވެރިންގެ ފެންވަރުގައި ތިއްބެވި ފަރާތްތަކަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮލިސް އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އެކި ސެކްޝަންތަކުގެ ވެރީން ވަނީ ބަދަލު ކޮށްފައެވެ. އެގޮތުން މިހާތަނަށް 6 އޮފިސަރަކު ބަދަލު ކޮށްފައިވާކަން އެނގިފައި ވެއެވެ. އަދި ބައެއް އޮފިސަރުންނާ އެއްވެސް މަސްއޫލިއްޔަތެއް ހަވާލުކޮށްފައި ނުވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މިމަހުގެ 17 ވަނަ ދުވަހު ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމާއެކު، ފުލުހުންގެ މުއްވަސާއަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފުލުހުންގެ އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ފަރީދު އިސްމާއިލް އާއި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމްގައި ހުންނެވި މުހައްމަދު ރިޔާޒްވެސް ދާދިފަހުން ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

އަދި އޭގެ އިތުރުން ސަރުކާރު ބަދަލުވުމަށްފަހު ފުލުހުންގެ މުވައްސަސާ ހިންގުމާއި ހަވާލުވެ ހުންނެވި ޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ވަނީ އަންނަ ހޮނިހިރު ދުވަހު ރިޓަޔާ ކުރައްވަން ނިންމަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހައްމަދު
ޒިހުނީ ބެހެއްޓިތަ