އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ އއ.އުކުޅަހުގައި ބާއްވަނީ

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ އއ.އުކުޅަހުގައި ބާއްވަނީ

Author
އައިޝަތު އަޙްމަދު
23 ނޮވެމްބަރ 2023 02:50
0

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ އއ.އުކުޅަހުގައި ބާއްވަން ނިންމައިފިއެވެ.

ޤައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ބަޔަކު އަންނަނީ އެރަށަށް ދަތުރުކުރަމުންނެވެ. އެގޮތުން ނިމުނު ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް ހިމެނެއެވެ.

މިރޭ އުކުޅަހުގައި ބާއްވާ ޤައުމީ މަޖިލީހުގެ ޖަލްސާއަކީ އެމްޑީޕީގެ ކުރިއަށް ހުރި ހަރަކާތްތައް ރާވަން ބާއްވާ ޖަލްސާއެކެވެ. ނަމަވެސް މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިނުގަންނަވާނެއެވެ.

އެމްޑީޕީން އެންމެ ފަހުން ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވީ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށްފަހު އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ރެއެވެ. އެޖަލްސާގައި އެންމެ ބޮޑަށް މަޝްވަރާކުރީ ނިޒާމީ ވޯޓާ ގުޅޭގޮތުންނެވެ. އެމްޑީޕީން އަންނަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ހިންގާނެ ކަންކަމާއި ސަރުކާރު ޖަވާބުދާރީވުމަށް ކުރާނެ ކަންކަން މަޝްވަރާކުރަމުންނެވެ.

ރިޔާސީ އިންތިޚާބަށްފަހު އެޕާޓީގެ މާބޮޑު ހަރަކާތްތަކެއް ނުފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.